ޚަބަރު

އެމްޑީޕީން ބާއްވާ ބޮޑު އެއްވުމަށް ދެމި ބެނާތަައް ނަގައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

އަންނަ މަހުގެ ތިންވަނަ ދުވަހު އެމްޑީޕީން އިންތިޒާމްކޮށްގެން މާލޭގައި ބާއްވާ ބޮޑު އެއްވުމާ ގުޅިގެން މާލެ ސިޓީގައި ދެމި  ބެނާތަައް ނަގައިފި އެވެ.

Ads by MPL

ބޮޑު އެއްވުމަށް އެމްޑީޕީން ބެނާތައް ދެމީ އެކަމަށް  ހުއްދައަށް އެދި ދުރާލާއި މީގެ ހަފްތާއެއްހާ ދުވަސްކުރިން މާލޭ ސިޓީ ކައުންސިލައަށް ހުށަހަޅައިގެން ނެވެ.

ނަމަވެސް އެ ބެނާތައް ދަމާފައިވަނިކޮށް ކުއްލިއަކަށް ބެނާތައް ނެގުމުން ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ.

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް މިރޭ އެކްސްގައި ވިދާޅުވީ ބެނާތައް ނެގިކަން އަޅުގަނޑަށް އޭނާއަށް އެނގިވަޑައިގެންނެވީ ރާއްޖެއިން ބޭރުގައި ހުއްޓާ ކަމަށެވެ.

އެހެން ނަމަވެސް އެއީ އިންސާފުވެރި ގޮތެއް ނޫންކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ އެމްޑީޕީ އަށް ވެސް ހުރިހާ ސިޔާސީ ޕާޓީ އަށް ވެސް ސިޔާސީ ހަރަކާތް ހިންގަން ހުރަސް އެޅިގެން ނުވާނެ ކަމަށެވެ.

"އޮންނަ އުސޫލުގެ މަތިން ބެނާ ހަރުކުރެވެން ޖެހޭނެ. އަދި ބެނަރ ހަރުކުރުކުރުމުގައި އަޅުގަނޑު ބައިވެރިވެސް ވާނަން. އަދި އިރާދަކުރެއްވިއްޔާ ރާއްޖެ ހަމަމަގައް އެޅުވުމައް ބާއްވާ ބޮޑު އެއްވުމަށް ވެސް ދާނަން." އާޒިމް ވިދާޅުވި އެވެ.

އެމްޑީޕީން ބޮޑު އެއްވުމެއް އަންނަ މަހު ބާއްވަނީ އެފަދަ އެއްވުމެއް ނުބާއްވާތާ ގިނަ ދުވަސްތަކެއް ވެފައި ވަނިކޮށެވެ.

Ads by HDC