ޚަބަރު

އުދައްޔުގެ މަރު: މާޒިނާއި ޝާމިން މެރުމަށް ހުކުމްކޮށްފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ކްރިމިނަލް ކޯޓް -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ގއ. މާމެންދޫގައި 2021ވަނަ އަހަރު ހިނގި މާރާމާރީއެއްގެ ތެރެއިން އެ ރަށު އޭރު 17 އަހަރުގެ އަހުމަދު އުދައްޔު މަރާލި މައްސަލާގައި އެ ރަށު އަހުމަދު ޝަމީމާއި މުހައްމަދު މާޒިން މެރުމަށް މިއަދު ކުރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

Ads by STELCO

މިދިޔަ އޮގަސްޓު މަހުގެ 25 ވަނަ ދުވަހު ބޭއްވި އަޑުއެހުމެއްގައި އެ ދެ މީހުންގެ މައްޗަށް ވެސް އުދައްޔު މަރާލުމުގެ ދައުވާ ސާބިތުވާ ކަމަށް ކުރިމިނަލް ކޯޓުން ކަނޑައަޅާފައިވެ އެވެ. މިއަދު ކުރިއަށް ގެންދިޔައީ އަދަބާ މެދު ގޮތެއް ނިންމުމެވެ.

ފުރަތަމަ އުދައްޔުގެ ވާރިސުންގެ ބަސް ނެގި އެވެ. ވާރިސުންގެ ގޮތުގައި ކޯޓުން ބަސް ހޯދީ އުދައްޔުގެ ބައްޕައާއި މަންމަގެ ބަހެވެ. ދެ މީހުން ވެސް އެދުނީ މަރަށް މަރު ހިފުމަށެވެ. އެހެންވެ ކުރިމިނަލް ކޯޓުން އެ ގޮތަށް މިއަދު ހުކުމްކުރި އެވެ.

މި މައްސަލާގައި މީގެ ތިން އަހަރު ކުރިން އޭރު 18 އަހަރު ނުފުރޭ ކުޑަކުއްޖެއްގެ މައްޗަށް ވެސް ކުށް ސާބިތުވާ ކަމަށް ޖުވެނައިލް ކޯޓުން ނިންމާފައިވެ އެވެ. އޭނާގެ މައްޗަށް އިއްވި 25 އަހަރުގެ ޖަލު ހުކުމަކާއި މަރުގެ ދިޔައިގެ ގޮތުގައި 1 މިލިއަން ރުފިޔާ ދެއްކުމެވެ.

Ads by Allied Insurance