ރާއްޖެ އިސްލާމްވި ހާދިސާގެ ފޮތެއް ޔޫއޭއީގައި ޝާއިއުކޮށްފި

ދިވެހިރާއްޖެ އިސްލާމްވި ހާދިސާ އަސްލަކަށް ބަލައިގެން، ކުޑަކުދީންނަށް އަމާޒުކޮށް ލިޔެފައިވާ ވާހަކައެއް ޔުނައިޓެޑް އެރެބް އެމިރެޓްސް (ޔޫ.އޭ.އީ) ގެ ޝާރިޖާގައި ޝާއިޢުކޮށްގެން ނެރެފި އެވެ.
މި ސެޕްޓެންބަރު މަހުގެ 22އިން 26އަށް ޝާރުޖާގައި ކުރިޔަށް ދިޔަ، ޝާރުޖާ ނެރޭޓަރސް ފޯރަމް 2025ގައި ނެރުނު މި ވާހަކައިގެ އަސްލު ލިޔެފައިވަނީ އަރަބި ބަހުންނެވެ.
ޝާރުޖާގެ ހެރިޓޭޖު އިންސްޓިޓިއުޓުން ނެރުނު މި ވާހަކަ ލިޔުނީ ނޫރާ ޚައްޔާލެވެ.
"މަލްދީފިއްޔަން ޖަޒީރަތުއްނޫރު" މި ނަމުގައި އަރަބި ބަހުން ލިޔެ ޗާޕުކޮށްފައިވާ މި ވާހަކައިގެ ކޮޕީއެއް ކަލްޗާ މިނިސްޓާރު އާދަމް ނސީރު އިބްރާހީމަށް ވެދުން ކޮށްފައިވެ އެވެ.
ވާހަކަ ލިއުއްވި ނޫރާ ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވީ ދުވަހާއި ނޫރާގެ އުފަން ދުވަހާ އެއީ އެއް ދުވަހެއް ކަމަށެވެ.
އަދި މި ފޮތް ނެރެ ދިވެހި ރާއްޖޭގެ ކަލްޗާ މިނިސްޓަރަށް ވެދުމަށް މި އެރުވެނީ މި އަހަރުގެ ރާއްޖެ އިސްލާމްވީ ދުވަހުގައި ކަމަށްވާތީ، އެ އިއްތިފާގަށް ޓަކައި ވަރަށް އުފާކުރައްވާކަން ފާހަގަ ކުރެއްވިއެވެ.
މިނިސްޓަރު އާދަމް ނަސީރު ވަނީ ނޫރާއަށް އުފަން ދުވަހުގެ ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއާ ބެހޭ އެހާ މުހިންމު ވާހަކައެއް ލިޔުއްވީތީ، އެ ކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖެ ރަމްޒުވާ ބައެއް ހަނދާނީ ހަދިޔާ ލިޔުންތެރިޔާއަށް ދެއްވާފައެވެ.
ޔޫއޭއީއަށް ނިސްބަތްވާ ޒުވާން ލިޔުންތެރިޔާގެ އުފަން ދުވަސް މި ފަހަރު ފާހަގަވެގެން ގޮސްފައި މި ވަނީ މި ވަރަށް ހާއްސަ ގޮތަކަށެވެ. ޝާރުޖާގައި އުފަންދުވަހު ހުރި ނަމަވެސް، އޭނާގެ ހިތާއި ޚިޔާލު ހުރީ ދިވެހިރާއްޖެއަށެވެ.
ނޫރާގެ ވާހަކައިގެ އިނގިރޭސި ކޮޕީ ވެސް މިހާރު ވަނީ ނެރެފައެވެ.
