ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ އެމްއެންޑީއެފްގެ ވެހިކަލްތަކެއް ނީލަން ކިޔަނީ

ބާވެ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ އެމްއެންޑީއެފްގެ ވެހިކަލްތަކެއް ނީލަން ކިޔަން ނިންމައިިފި އެވެ.
ޑިފެންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ނީލަން ކިޔަން ނިންމާފައިވަނީ ހަތަރު ކާރު ކަމަށެވެ.
އެ އުޅަނދުތައް ނީލަން ކިޔަން ނިންމާފައިވަނީ މި މަހުގެ 14 ވަނަ ދުވަހު ހެނދުނު މާލޭގެ ބަނޑޭރި ކޮށީގަ އެވެ.
އެ ހަތަރު ކާރުވެސް ނީލަން ކިޔަން ފެށޭ އަގެއް ކަމުގައި ހަަމަޖައްސާފައިވަނީ 38،000 ރުފިޔާއިން ފެށިގެން 110،000 ރުފިޔާއާ ދެމެދުގެ އަގުތަކެއްގަ އެވެ.
ޑިފެންސް މިނިސްޓްރީން ބުނީ ނީލަމުގައި ބައިވެރިވާން އަންނައިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަން ޖެހޭނެ ކަމަށެވެ.
ދައުލަތުގެ އިދާރާތަކުގެ މުދާތައް ބާވެގެން މީގެ ކުރިން ވެސް ނީލަމުގައި ވިއްކާފައި ވެއެވެ.
