ޚަބަރު

ޑްރިލްއެއް ބާއްވަން މާލޭގެ އެކި ސަރަހައްދުތައް މިރޭ ބަންދުކުރަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަނަކާ ގުޅިގެން މާލޭގެ އެކި ސަރަހައްދުތައް މިރޭ ބަންދުކުރުމަށް ނިންމައިފި އެވެ.

Ads by MPL

އެކްސްގައި ކުރި ޕޯސްޓެއްގައި ފުލުހުން ބުނީ އެ މުއައްސަސާ އިން ކުރިއަށްގެންދާ އޮޕަރޭޝަނަކާ ގުޅިގެން މިއަދާއި މިރޭގެ އެކި ވަގުތުތަކުގައި އާންމު ޓްރެފިކަށާއި ހިނގާ މީހުންނަށް މާލޭގެ އެކި ސަރަހައްދުތައް ބަންދުކުރެވޭނެ ކަމަށެވެ.

މިކަމުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމަށް އެދޭ ކަމަށާއި އަދި މިކަމުގެ ސަބަބުން ރައްޔިތުންނަށްް ދިމާވެދާނެ އެންމެހައި ދަތިތަކަށް މައާފަށް އެދޭ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މިކަން ހާމަކޮށްފައިވާއިރު، އެމްޑީޕީން "ލޫޓުވައިފި" ނަމުގައި މިރޭ މާލޭގައި މުޒާހަރާއެއް ބޭއްވުމަށް ވަނީ ނިންމައިފަ އެވެ. އެ މުޒާހަރާއަށް ރާއްޖޭގެ އެކި ރަށްތަކުން ވެސް މީހުން މާލެ އައުމަށް ވަނީ ހަމަޖެހިފަ އެވެ.