ޚަބަރު

އެމްޑީޕީން ރޫޓާ ހިލާފުވެ ހަމަނުޖެހުން ހިންގި، ފިޔަވަޅު އަޅާނަން: ފުލުހުން

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މިރޭގެ މުޒާހަރާގެ ތެރެއިން--

މިރޭ އެމްޑީޕީން އިސްވެއޮވެ ކުރިއަށް ގެންދާ ބޮޑު އެއްވުމުގެ ތެރެއިން  ގާ އުކައި ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.

Ads by STELCO

މިރޭގެ އެއްވުން ފެށީ 08:30ގައި އާޓިފިޝަލް ބީޗުން ނެވެ. ނަމަވެސް ވަކި ހިސާބަކުން މުޒާހަރާގެ ބައިވެރިވިން ވަނީ މަޖީދީ މަގަށް ނުކުމެފަ އެވެ.

ނަމަވެސް ފުލުހުންގެ ހިދުމަތުން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މުޒާހަރާގެ ބައިވެރިން މަޖީދީ މަގަށް ނުކުތީ ކުރިން ހުއްދަދީފައިވާ ރޫޓާ ހިލާފަށް ކަމަށެވެ.

އެހެންވެ އެ މަގުން ކުރިއަށްދާން ފެށުމުން އެގޮތަށް އަމަލު ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެ އިންޒާރުދިން ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް އެކަމަށް އިޖާބަ ނުދީ އެއްވުމުގެ ބައިވެރިން ފުލުހުންނާ ދިމާލަށް ގަލާއި ފެންފުޅި އުކައި ފުލުހުންގެ އާލާތްތައް އަތުލަން މަސައްކަތްކޮށް ފުލުހުންގެ ވާޖިބަށް ހުރަސް އެޅި ކަމަށް ފުލުހުން ބުންޏެވެ.

އެހެންކަމުން ފުލުހުންގެ ވާޖިބަށް ހުރަސް ނޭޅުމަށާއި އަދި އެފަދަ އަމަލު މިރޭ ހިންގި ފަރާތާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިރޭގެ އެއްވުމާ ގުޅިގެން ބައެއް މަގުތައް ބަންދުވެސްކޮށް ބެރިކޭޑް ވެސް ޖަހާފައިވާ އިރު ފުލުހުން ދަނީ ޝީލްޑާއެކެ ހަަރަކާތްތެރިވެސްވަމުން ނެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ފުލުހުންގެ ޝީލްޑެއް މުޒާހަރާގެ ބައިވެރިން ގެންދިޔަ ކަމަށެވެ.

Ads by HDC