ޚަބަރު

ޒުވާން ޚަތީބުންގެ 4 ވަނަ ބުރަށް ހުޅުވާލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޒުވާން ޚަޠީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގެ ހަތަރު ވަނަ ބުރުގައި ބައިވެރިވާން ހުޅުވާލައިފި އެވެ.

Ads by MPL

އިސްލާމިކް މިނިސްޓްރީން ބުނީ އެ ޕްރޮގްރާމް އަންނަ މަހިގެ ތެރޭގައި ފަށަން ހަމަޖެހިފައިވާ ކަމށެވެ. އެހެންވެ ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 25 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

މި ޕްރޮގްރާމްގައި ރާއްޖެ އާއި ރާއްޖޭން ބޭރުގައި އުޅޭ ދަރިވަރުންނަށް ވެސް ބައިވެރިވެވޭނެ އެވެ.

މާލޭގައި ދިރިއުޅޭ ދަރިވަރުންނަށް ފޭސް-ޓު-ފޭސްކޮށް ސެޝަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިރު ރަށްރަށުގައި އަދި ރާއްޖެއިން ބޭރުގައި އުޅޭ ދަރިވަރުންގެ ސެޝަންތައް ބާއްވާނީ އޮންލައިންކޮށެވެ.

ޒުވާން ޚަތީބުންގެ ޕްރޮގްރާމްގައި ބައިވެރިވެވޭނީ ގްރޭޑް 10،11،12 ގައި ކިޔަވާ ނުވަތަ ކިޔެވުން ނިމި 18 އަހަރު ފުރިފައި ނުވާ ޒުވާނުންނަށެވެ.

ޒުވާން ޚަތީބުން ތަމްރީނު ކުރަން ފެށީ މިދިޔަ އަހަރުގެ ޖެނިއަރީން ފެށިގެންނެވެ. އެގޮތުން މި ޕްރޮގްރާމްގެ ތެރެއިން ތަމްރީނުވެ ސެޓްފިކެޓް ހާސިލުކުރި ވަރަށް ގިނަ ޒުވާނުން ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރު އަންނަނީ އިމާމުވެ ހުކުރު ކުރަމުންނެވެ.

Ads by Ooredoo