ޚަބަރު

ރަޝިއާ ޓޫރިސްޓުންގެ އަދަދު 200،000 އިން މައްޗަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަހަރުގެ މިހާތަނަށް ރާއްޖެ އައި ރަޝިއާ ޓޫރިސްޓުންގެ އަދަދު ވެސް 200،000 އިން މައްޗަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ޓޫރިސްޓް އެރައިވަލްސްގެ ތަފާސްހިސާބުތަކަށް ބަލާ އިރު، ރާއްޖެ އަށް ދެވަނަ އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމުގެ ގޮތުގައި އޮތް ރަޝިއާ އިން މި މަހުގެ 5 އާ ހަމައަށް 203،737 ޓޫރިސްޓުން އައިސްފައިވެ އެވެ.

ރާއްޖެ އަށް މިހާރު އެންމެ ގިނަ ޓޫރިސްޓުންނަކީ ޗައިނާއިންނެވެ. މިދިޔަ އަހަރު ވެސް އެންމެ ގިނަ ޓޫރިސްޓުން އައި އެ ގައުމުން މިހާތަނަށް 274،698 ޓޫރިސްޓުން އައިސްފައިވެ އެވެ.

ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން އައިސްފައި ވަނީ 146805 ޓޫރިސްޓުންނެވެ.

ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުންނަށް 10 ގައުމަށް ބަލާ އިރު، ދެން ހިމެނެނީ ޖަރުމަން (117،406 ޓޫރިސްޓުން)، އިޓަލީ (113،719 ޓޫރިސްޓުން)، އިންޑިއާ (96،770 ޓޫރިސްޓުން)، އެމެރިކާ (48،435 ޓޫރިސްޓުން)، ފްރާންސް (43،488 ޓޫރިސްޓުން)، ސްޕެއިން 40،236 ޓޫރިސްޓުން) އަދި އޮސްޓްރޭލިއާ (31،639 ޓޫރިސްޓުން) އެވެ.

މި އަހަރު ރާއްޖޭގެ ޓާގެޓަކީ 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ.

Ads by HDC