ޚަބަރު

އިދިކޮޅު ފަރާތްތަކުގެ ކޮމިޓީތަކުގެ އިންތިޚާބު ފަސްކޮށްފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ޕީޕީއެމްގެ ޖަލްސާއެއްގެ ތެރެއިން

ސަރުކާރު ޖަވާބުދާރީ ކުރަން އިދިކޮޅު ކޯލިޝަން ޕީޕީއެމް/ޕީއެންސީ އިން ކުރަމުންދާ މަސައްކަތްތައް މިހާރަށްވުރެ ފުޅާ ކުރުމުގެ ގޮތުން ބާއްވާ ''ސްޓިއަރިން ކޮމިޓީގެ'' އިންތިހާބު ފަސްކޮށްފިއެވެ.

Ads by MWSC

މީގެ ކުރިން އިންތިހާބު ބާއްވާ ގޮތަށް ތާވަލުކޮށްފައި އޮތީ އޮކްޓޫބަރ މަހުގެ 16 ވަނަ ދުވަހުއެވެ.

މިއަދު ޕްރޮގްރެސިވް ކޯލިޝަނުން ނެރެނު ބަޔާނެއްގައި ބުނީ، ރާއްޖޭގެ ހުރިހާ ރަށެއްގައި އިދިކޮޅުގެ ކޮމިޓީތައް ހޮވަން ބާއްވާ އިންތިހާބު ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހަށް ފަސްކޮށްފައިވާ ކަމަށެވެ.

ކޮމިޓީގެ މެމްބަރު ކަމަށް ވާދަ ކުރާ ފަރާތްތަކުން އޮކްޓޫބަރު މަހުގެ 20 ގެ ކުރިން ފޯމް ހުށައެޅުމަށް ވަނީ އެދިފައެވެ. ރަށްރަށުގައިނަމަ ވަގުތީ އިންތިހާބީ ކޮމިޓީ އަށް، މާލޭގެ އަވަށްތަކަށް ކުރިމަތިލާ މެމްބަރުން ޕީޕީއެމްގެ އޮފީހަށް ފޯމް ހުށައެޅުމަށް ވަނީ އެދިފައެވެ.

އިންތިހާބަށް ކުރިމަތިލެވޭނީ އާންމު މެމްބަރުންނާއި، އަންހެން މެމްބަރުންގެ އިތުރުން އުމުރުން 35 އަހަރުނުވާ ޒުވާން މެންބަރުންނަށް ކަމަށް އިދިކޮޅުގެ ބަޔާނުގައި ބުންޏެވެ. ހިންގާ ކޮމިޓީގެ މެމްބަރު ކަމަށް ކުރިމަތިލުމަށް އެދޭ ފޯމް ކޮންމެ ރަށެއްގެ ވަގުތީ އިންތިހާބީ ކޮމިޓީންނާއި، ޕީޕީއެމްގެވެބްސައިޓްއަދި ޕްރޮގްރެސިވް ކޯލިޝަންގެ އޮފީހުން ލިބެން ހުންނާނެއެވެ.

ޕީޕީއެމް/ޕީއެންސީން ހުރިހާ ރަށެއްގައި ހިންގާ ކޮމިޓީތަކެއް އިންތިހާބު ކުރަނީ އިދިކޮޅުން ކުރަމުންދާ މަސައްކަތް މިހާރަށްވުރެ ފުޅާ ކުރުމުގެ ގޮތުންނެވެ. ކޮމިޓީތައް އިންތިހާބުވެގެން ދިޔުމުން ސިޔާސީ މަސައްކަތްތައް މިހާރަށް ވުރެ އެތައް ގުނައެއް ފުޅާވެގެން ދާނެ ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!