ޕީއެންއެފްގެ ރައީސްގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ވަފާތެރިން ޕީޕީއެމް/ޕީއެންސީން ވަކިވުމަށްފަހު އުފެއްދި ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ އިސް މަގާމުތަކަށް ކުރިމަތިލާން އެ ޕާޓީން މިއަދު ހުޅުވާލައިފި އެވެ.
ޕީއެންއެފްގެ ރައީސްގެ މަގާމު ވެސް ހިމެނޭ ގޮތަށް އިސް މަގާމުތަކަށް ކުރިމަތިލާން ހުޅުވާލީ އަންނަ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00 ގެ ނިޔަލަށެވެ.
ރައީސްގެ އިތުރުން ކުރިމަތިލާން ހުޅުވާލި މަގާމުތަކަކީ:
- ދެ ނައިބު ރައީސްގެ މަގާމު
- ސެކްރެޓަރީ ޖެނެރަލް
- ރަޖިސްޓްރާ
- ހަޒާންދާރު
- 14 ސެނެޓް މެންބަރުން
މި މަގާމުތަކަށް ބޭފުޅުން އިންތިހާބުކުރުން އޮންނާނީ މި މަހުގެ 30 ވަނަ ދުވަހު ބާއްވާ އެ ޕާޓީގެ ފުރަތަމަ ގައުމީ ޖަލްސާގަ އެވެ. ޖަލްސާ އޮންނާނެ ގަޑިއެއް އަދި ނުބުނެ އެވެ.

Ads by Ooredoo