ޚަބަރު

އައްޑޫ ވޯޓުގައި ސަރުކާރަށް ފެންނަ ގޮތެއް ނެތުމަކީ ހިތް ދަތިކަމެއް: ދިޔާނާ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދު

މާލެ ނެގުމަށް ފަހު އެންމެ ބޮޑު އާބާދީ، އައްޑޫ ސިޓީގައި ސަރުކާރުން އިސްވެ ނަގާ ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރަށް ފެންނަ ގޮތެއް ނެތުމަކީ ދެރަ ކަމެއް ކަމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.

Ads by STELCO

އަންނަ ހޮނިހިރު ދުވަހު ބާއްވާ ފެންނަ ނުފެންނަ ވޯޓަކީ އައްޑޫގެ ތިން ރަށެއްގައި ވަކި ރަށު ކައުންސިލެއް ހަދަން ފެނޭތޯ ބެލުމަށް އެ ތިން ރަށު ރައްޔިތުންގެ މެދުގައި ނަގާ ވޯޓެކެވެ.

އައްޑުއަށް ވެސް އުފަން ދިޔާނާ މިރޭ އެކްސްގައި ލިއުއްވީ މިއީ އައްޑޫގެ މުސްތަގުބަލާ މެދު ނަގާ ކްރިޓިކަލް ވޯޓެއް ކަމަށެވެ.

އެ ވޯޓުގައި ސަރުކާރަށް ފެންނަ ރަނގަޅު ގޮތެއް ނެތުމަކީ ބިރުވެރި، ދެރަވަރު، އަދި ހިތާމަތެރި ހިތްދަތި ކަމެއް ކަމަށް ދިޔާނާ ވިދާޅުވި އެވެ.

"ފަހެ، ރާއްޖެ މި އޮތީ ސަރުކާރުގެ ތަސައްވުރެއް އަމާޒެއް ނެތި އޮޔާދާނެ ދިމާއަކަށް ދާން ދޫކޮށްފައި ދޯ," އޭނާ ވިދާޅުވި އެވެ.

ދިޔާނާ ވަނީ ކުރިން މި ވޯޓު ފަސްކުރުމަށް ވެސް ގޮވާލައްވައިފަ އެވެ. މި ފަދަ ވޯޓަކަށް ރައްޔިތުން ހޭލުންތެރިކުރަން ވަގުތު ބޭނުންވާނެ ކަމަށް ދިޔާނާ ވިދާޅުވި އެވެ.

 

 

Ads by Allied Insurance