ޚަބަރު

އަލުގަނޑު މިއުޅެނީ ބަލިވެ، ރަނގަޅުވިހާ އަވަހަކަށް ބައްދަލުކުރާނަން: މަބްރޫކް

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅިގެން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި މިއަދު ބައިވެރިނުވެވުނީ ސިއްހީ ހާލަތު ތަން ނުދިނުމުން ކަމަށާއި ވަރަށް އަވަހަށް ބައްދަލު ކުރާނެ ކަމަށް ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

އާދައިގެން މަތިން ކޮންމެ ދުވަހަކުވެސް ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި މިރޭ މަބްރޫކް ނުފެނުމާ ގުޅިގެން ގިނަ ބަޔަކު ވަނީ ސުވާލުއުފައްދާފައެވެ.

މިކަމާ ގުޅިގެން މަބްރޫކް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުޑަ ކޮށް ބަލިކޮށް އުޅޭތީ ޑޮކްޓަރުގެ ލަފާގެ މަތިން އަޑަށް ލުޔެއް ދޭން ނިންމީ ކަމަށެވެ.

"ވަރަށް އަވަހަށް ތިޔަބޭފުޅުންނާ ބައްދަލުކޮށް ވާހަކަ ދައްކާނަން." މަބްރޫކް ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!