ޚަބަރު

ޔޯގާ ސެލޫންގެ މައްސަލާގައި ދެ މިނިސްޓަރަކު މަޖިލީހަށް ހާޒިރުކުރަނީ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

އަމިއްލަ ވިޔަފާރިއަކުން ރާއްޖޭގައި ޔޯގާ ހަރަކާތެއް ބޭއްވުމުން، ދެ މިނިސްޓަރަކު ހާޒިރުކޮށް ސުވާލުކުރަން އިދިކޮޅު އެމްޑީޕީން މިއަދު ހުށަހަޅައިފި އެވެ.

Ads by MPL

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ދިނުމަށް އެދުނު ދެ މިނިސްޓަރުންނަކީ ހޯމް މިނިސްޓަރު އަލީ އިހުސާން އާއި އެގްރިކަލްޗާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އެވެ.

މިނިސްޓަރު އިހުސާނާ ކުރުމަށް ހުށަހަޅާފައިވާ ސުވާލަކީ:

  • ބެލެންސް ސްޓޫޑިއޯ ނަމުގައި ހިދުމަތް ދޭން ފެށި ވެލްނަސް ސެންޓަރުގައި ޔޯގާ ހިންގާނެކަން އާއްމުކޮށް އިޝްތިހާރުކުރި އިރު އެކަން ނުހުއްޓުވި ސަބަބަކީ ކޮބައިތޯ؟
  • ޔޯގާގެ ހަރަކާތް ހިންގުން ހުއްދަ ކަމަށް ރައީސް މުހައްމަދު މުއިއްޒުގެ އިރުޝާދުފުޅެއް ލިބިފައިވޭތޯ؟

އެގްރިކަލްޗާ މިނިސްޓަރު މާރިޔާއާ ކުރުމަށް ހުށަހަޅާފައިވާ ސުވާލަކީ ޔޯގާ ހަރަކާތް ހިންގާނެ ކަން އާންމުކޮށް އިޝްތިހާރުކޮށްގެން މާލޭގައި އެ ތަން ހުޅުވައިދެއްވީ ރައީސްގެ ހުއްދަ އާއި އިރުޝާދު ލިބިގެން ތޯ އެވެ.

 

 

 

Ads by Ooredoo