'ދޯހާ މެރަތަން' އަށް ދާން އުރީދޫން 15 ފުރުސަތެއް
ގަތަރުގެ ދޯހާގައި އަންނަ އަހަރު ބާއްވާ 'ދޯހާ މެރެތަން' ގައި ބައިވެރިވާން ބޭނުންވާ ދުވުންތެރިން ރަޖިސްޓްރީވުމުގެ ފުރުސަތު އުރީދޫ މޯލްޑިވްސް އިން ހުޅުވާލައިފި އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން ބައިވެރިވާ 15،000 އަށް ވުރެ ގިނަ ދުވުންތެރިންނާއެކު އެ މެރަތަން ބާއްވަން ތާވަލުކޮށްފައި އޮތީ އަންނަ އަހަރުގެ ޖުނުއަރީ 16 ގަ އެވެ.
މި މެރެތަން އަށް ދާން ބޭނުންވާ ދިވެހި 15 ދުވުންތެރިއެއްގެ ރެޖިސްޓްރޭޝަން ފީ ސްޕޮންސަކޮށްދޭނެ ކަމަށް އުރީދޫ މޯލްޑިވްސް އިން ބުންޏެވެ.
އެ ދުވުންތެރިން ހޮވަނީ ނަން ނޯޓުކުރާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ ޕޫލެއްގެ ތެރެއިންނެވެ. އެގޮތުން ބައިވެރިން ހޮވުމުގައި ބަލާނެ ކަންކަމުގެ ތެރޭގައި ވޭތުވެދިޔަ އަހަރެއްހާ ދުވަހު އުރީދޫގެ އެކްޓިވް ކަސްޓަމަރެއްގެ ގޮތުގައި ހުރުމާއި، ހާފް މެރެތަން ނުވަތަ ފުލް މެރެތަންއެއް ފުރިހަމަކޮށްފައިވުމާއި، ދަތުރުކުރުމަށް ސައްހަ ދިވެހި ޕާސްޕޯޓެއް އޮތުން ހިމެނެ އެވެ
ރަޖިސްޓްރީވުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 24 އެވެ.
'ދޯހާ މެރެތަން' އާ ބެހޭ އިތުރު މައުލޫމާތު އުރީދޫ ވެބްސައިޓުން ލިބޭނެ އެވެ.
