ވިޔަފާރި ރަނގަޅުވާނީ މުވައްޒަފުންނަށް ހެޔޮ ވެގެންނެވެ.
ވިޔަފާރިއެއް ހިންގަން ހެއްޔެވެ؟ މުވައްޒަފުން ގެންގުޅެން ހެއްޔެވެ؟ އެހެންކަމަށް ވާ ނަމަ، އެ މުވައްޒަފުންނަކީ ތިޔަ ވިޔަފާރީގެ އެންމެ ބޮޑު ބާރެވެ. ރަނގަޅަށް މަސައްކަތްކުރާ، ވަފާތެރި މުވައްޒަފުންގެ ޓީމެއް ބޭނުންވާނަމަ އެމީހުންގެ ސިއްޙަތަށް ބަލަން ޖެހެއެވެ. އެމީހުން ހެޔޮ ޙާލުގައި ތިބޭކަން ޔަޤީން ކުރަން ވާނެއެވެ.
އެލައިޑްގެ ގްޜޫޕް ހެލްތު އިންޝުއަރަންސް ޕްލޭނަކުން ތިޔަ ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް ކަވަރޭޖު ފޯރުކޮށްދިނުމަކީ އެމީހުންނަށް ސިއްހީ އަދި މާލީ ރައްކާތެރިކަން ފޯރުކޮށްދިނުމެވެ. މިއީ ތިޔަ ކުންފުނިން މުވައްޒަފުންނަށް ކޮށްދެވޭނެ އެންމެ އަގުހުރި އެއް އިންވެސްޓްމަންޓަށް ވެސް ވާނެއެވެ.
ސަބަބަކީ، މިފަދަ ޕްލޭނެއްގައި މުވައްޒަފު ބައިވެރިކުރުމުން، ކުންފުނިން އެމީހުންގެ އަގު ވަޒަންކުރާކަމުގެ އިޙުސާސް އެމީހުންނަށް ކުރެވުމެވެ. ކުންފުންޏަށް ލޯތްބާއި ވަފާތެރިކަން އުފެދި، ބަދަހިކަމާއެކު މަސައްކަތްކުރުމުގެ ޖޯޝު އުފެދުމެވެ. އަދި ހެލްތު އިންޝުއަރަންސްގެ ބޭނުންކޮށްގެން ފަސޭހަކަމާޢެކު ފަރުވާ ހޯދައި، ސިއްޙީ ގޮތުން ގަދަވެ ސަލާމަތުން ތިބި މުވައްޒަފުންގެ ޓީމެއް އޮތުމަކީ ފަރުވާތެރިކަމާއެކު ގަދައަޅައި ރަނގަޅަށް މަސައްކަތްކޮށް ނަތީޖާ ނެރެވޭނެ މަގެވެ. އުފެއްދުންތެރިކަން އިތުރުވާނެ މަގެކެވެ.
ގްރޫޕް ހެލްތު ޕްލޭނެއްގައި މުވައްޒަފަކު ބައިވެރިކޮށްފި ނަމަް ސިއްޙީޚިދުމަތްތައް ދިވެހިރާއްޖެއަދި ރާއްޖެއިން ބޭރުގެ ، އިތުރުން (މިސާލަކަށް އިންޑިއާ، ސްޜީލަންކާ އަދި ތައިލެންޑު އޮތޮރައިޒްޑް ސިއްހީ ހިދުމަތްދޭ ެ ލިބޭނެއެވެ. މީގެ މާނައަކީ، ރާއްޖޭގެ އިތުރުން ރާއްޖެއިން ބޭރުގައި ވެސް ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތް މުވައްޒަފުންނަށް ހޯދޭނެ ގޮތް މެދުވެރިވެފައި އޮންނާނެ ކަމެވެ.
މި ޕްލޭންގެ ދަށުން ރާއްޖެ އިން ނަމަ އައިޑީ ކަރޑު، ޕާސްޕޯޓު (ބިދޭސީން) ނުވަތަ "މައިއެލައިޑް ޕޯޓަލް"އަދި އެލައިޑްގެ މޯބައިލް އެޕުގައިވާ ޑިޖިޓަލް އިންޝުއަރަންސް ކާޑު ދައްކާލައިގެން ކޭޝްލެސް ޚިދުމަތް ހޯދޭނެއެވެ. ނުވަތަ އޮންލައިންކޮށް ކްލެއިމްސް ހުށަހެޅޭނެއެވެ. ކްލައިމްއެއް ހުށަހެޅުމަށް ޚިދުމަތުގެ މެމޯތަކާއި ޓެސްޓުތަކާއި ބޭސް ސިޓީ އަދި އިންވޮއިސްތައް ބޭނުންވާނެއެވެ.
ގްޜޫޕު ހެލްތު ޕްލޭނެއްގައި މުވައްޒަފުން ބައިވެރިކުރުމަކީ ފަސޭހަ ކަމެކެވެ. ކުންފުނީ ތަޢާރަފަކާއި މައުލޫމާތާއި، މުވައްޒަފުންގެ އަދަދާއި، ބޭނުންވާ ކަވަރޭޖުތަކުގެ ތަފްސީލު ހިމެނޭހެން ޕްރޮޕޯސަލެއް ހުށަހެޅުމުން އެ ކުންފުންޏަކަށް އެންމެ އެކަށޭނަ ޕްލޭނެއް އެލައިޑުން ހުށަހަޅާނެއެވެ.
ގްރޫޕް ހެލްތު އިންބުއަރަންސް ޕްލޭނަކަށް އިންވެސްޓްކުރުމަކީ ހަމައެކަނި ޒިންމާއެއް އަދާކޮށްލުން ކަމުގައި ނުދެކޭށެވެ. މިއީ ވަރުގަދަ، ސިއްޙަތު ރަނގަޅު، އަދި ކުންފުނީގެ ޚިދުމަތަށް ހިތްޖެހިފައިވާ ވަފާތެރި މުވައްޒަފުން ބިނާކުރެވޭނެ މަގެކެވެ. މިއީ ކުންފުނީގެ މުސްތަޤުބަލަށް މުޙިންމު އިސްތިރާޖެކެވެ. އިތުބާރުކުރެޥޭ ޓީމެއް ދެމެހެއްޓޭނެ ގޮތެކެވެ.
މުވައްޒަފުންނަށް ހެޔޮލަފާވުމަކީ، ވިޔަފާރި ހިންގާ ފަރާތެއްގެ ހައިސިއްޔަތުން ވިޔަފާރިއަށް ވެސް ވާ ހެވެކެވެ. އެ މުވައްޒަފުންނަކީ ތިޔަ ވިޔަފާރި ހިންގުމުގައި އެހީތެރިވެދޭ މީހުން ކަމުގައި ވާ އިރު، އެމީހުންގެ އަގު ވަޒަންކުރާކަން އިޙުސާސް ކޮށްދިނުމަކީ މުޙިންމު ކަމެކެވެ. ތިމާގެ ޓީމު ރައްކާތެރިކުރުމަކީ ވިޔަފާރި ވެސް ރައްކާތެރިކުރުމެވެ. މިއީ ވިޔަފާރިއަށް ފާގަތިކަން ގެނެސްދޭނެ އިންވެސްޓްމަންޓެކެވެ.

