ޚަބަރު

އިންޑިއާއިން ރާއްޖެއަށް އެންޓި މެލޭރިއާ ޑްރަގް ފޮނުވާނީ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އަށް ފަރުވާދޭން ބޭނުންކުރާ އެންޓި މެލޭރިއާ ޑްރަގް ނުވަތަ "ހައިޑްރޮސިކްލޮރޯކުއިން" އިން ފޯރުކޮށްދޭން އިންޑިއާއިން ނިންމި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިއްޖެ އެވެ.

Ads by Sosun Fihaara

މި ޑްރަގް އުފައްދަމުން އަންނަ އިންޑިއާއިން ވަނީ އެންޓި މެލޭރިޔާ ޑްރަގް އެކްސްޕޯޓްކުރުން މެދުކަނޑާލާފަ އެވެ. އެކަމަކު މިހާރު މިވަނީ 13 ގައުމަކަށް މި ބޭސް ފޯރުކޮށްދޭން ނިންމާފަ އެވެ.

ރާއްޖޭގެ އިތުރުން މި ބޭސް ފޮނުވުމަށް އިންޑިއާއިން ހަމަޖެއްސި އަނެއް 12 ގައުމަކީ އެމެރިކާ، ސްްޕެއިން، ބަހްރެއިން، ބްރެޒިލް، ނޭޕާލް، ބޫޓާން، އަފްގާނިސްތާން، ބަންގްލަދޭޝް، ސީޝެލްސް، އަދި މޮރިޝަސްގެ އިތުރުން ޑޮމިނިކަން ރިޕަބްލިކެވެ. މީގެ ތެރެއިން ބައެއް ގައުމުތަކަށް އެންޓި މެލޭރިއަލް ބޭސް ފޮނުވަން މިހާރު ވަނީ ފަށައިފަ އެވެ.

އަދި ކުރިއަށް އޮތްތާގައި އިތުރު ދެ ބެޗެއްގެ ޑްރަގް ގައުމުތަކަށް ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށް ރާވީ ވަނީ ބުނެފަ އެވެ. އެގޮތުން ފުރަތަމަ ބެޗުގެ ޑްރަގްތައް ވަރަށް އަވަހަށް ގައުމުތަކަށް ފޯރުކޮށްދޭނެ ކަމަށާއި ޑިމާންޑާއި އެއްވަރަށް ފޯރުކޮށްދިނުމަށް އިތުރު ދެ ބެޗެއްގެ ޓެބްލެޓް ތައްޔާރު ކުރާނެ ކަމަށެވެ.

އިންޑިއާއިން ރާއްޖެއަށް މި ބޭސް ފޮނުވުމަށް ނިންމެވުމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!