ޚަބަރު

ލައިސަންސް ނެތި ސައިކަލް ދުއްވަނިކޮށް އެކްސިޑެންޓްވި މީހަކަށް އަނިޔާ ވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ދ. ކުޑަހުވަދޫ މެރިންޑްރައިވް މަގުން އިރުން ހުޅަނގަށް ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލު ނުވެގޮސް، އެމަގުގައި ހުރި ސައިކަލުތަކެއްގައި ޖެހި އެކްސިޑެންޓެއް ވެއްޖެ އެވެ.

Ads by MWSC

ފުލުހުން ބުނީ މިއަދު ހެނދުނު 6:17 އެހާކަށްހާއިރު ކުޑަހުވަދޫގައި މީހަކު ދުއްވި ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް، ކެފޭއެއްގެ ކުރިމަތީގައި ޕާކުކޮށްފައި ހުރި ތިން ސައިކަލެއްގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ ސައިކަލުގައި ދެ މީހަކު އިންއިރު ދެ މީހުންނަކީ ވެސް 18 އަހަރު ވެފައިވާ ދެ މީހުންނެވެ.

މީގެއިތުރުން ސައިކަލު ދުއްވަން އިނީ ލައިސަންސް ނެތް މީހެކެވެ. މި އެކްސިޑެންޓުގައި ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާތައް ލިބުނެވެ. އެގޮތުން ސައިކަލު ދުއްވަން އިން މީހާގެ ގައިގެ އެކިތަންތަނުން މަށައިގެން ގޮސްފައިވާއިރު ފަހަތުގައި އިން މީހާގެ ކަނާއަތު ފައިގެ ކުޑަހުޅުން ދުޅަވެ، ބޮލުގެ މަތިން ތަންކޮޅެއް ފަޅައިގެން ގޮސްފައިވާއިރު އެމީހާގެ ގައިން އެކި ތަންތަން ވަނީ މަށައިގެން ގޮސްފައެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!