ޚަބަރު

31 ރަށެއްގައި ޕާކް ހަދަން ސިޓީ މިނިސްޓްރީން އެޗްޑީސީއާ ހަވާލުކޮށްފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

31 ރަށެއްގައި ކުޑަކުދިންގެ ޕާކު އެޅުމަށް ސިޓީސް، ލޯކަލް ގަވަރުމަންޓް މިނިސްޓްރީން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ މިއަދު ހަވާލުކޮށް އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.

Ads by STELCO

އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވީ މިއަދު ލޯކަލް ގަވަރުމަންޓް މިނިސްޓްރީގެ ރަށްވެހި މާލަމުގައެވެ.

އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ފައިނޭންޝަލް އެގްޒެކެޓިވް މުހައްމަދު ސަރާހެވެ.

އެ.ޗް.ޑީސީގެ ފަރާތުން ސޮއިކުރެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރޓޑ) އަލީ ޒުހައިރު އެވެ.

ހަވާލުކުރި ރަށްތަކަކީ:

  • ހއ. މޮޅަދޫ، ހއ. ފިއްލަދޫ
  • ހދ. ހަނިމާދޫ، ހދ. ނޮޅިވަރަމް
  • ށ. ކަނޑިތީމު، ށ. މިލަންދޫ، ނ. ޅޮހި
  • ރ. ހުޅުދުއްފާރު، ރ. މާކުރަތު، ރ. އިންނަމާދޫ، ރ. ކިނޮޅަސް، ރ. އިނގުރައިދޫ، ރ. ފައިނު
  • ބ. ފެހެންދޫ, ބ. ކުޑަރިކިލު
  • ވ. ފުލިދޫ, ވ. ކެޔޮދޫ
  • ދ. މީދޫ
  • ތ. ވޭމަންޑޫ، ތ. ތިމަރަފުށި، ތ. ގުރައިދޫ
  • ލ. މާބައިދޫ، ލ. ދަނބިދޫ، ލ. މުންޑޫ
  • ގއ. ވިލިނގިލި، ގއ. ކަނޑުހުޅުދޫ، ގދ. ގައްދޫ
  • ސ. ހިތަދޫގައި 2 ޕާކް، ސ. ހުޅުދޫ، ސ. މަރަދޫފޭދޫ، ސ. ފޭދޫ

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!