ޚަބަރު

ގައުމީ ތަރައްގީގެ ޕްލޭނަށް ކުޑަކުދިންގެ ހިޔާލު ހޯދަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ކުޑަކުދިންނަށް ބޭއްވި ހަރަކާތެއްގެ ތެރެއިން - ފޮޓޯ: ފުލުހުން

ކުރިއަށް އޮތް 20 އަހަރަށް އެކުލަވާލާ ގައުމީ ތަރައްގީގެ ޕްލޭން "ވިލުންތެރި ރާއްޖެ 2045" އެކުލަވާލުމަށް ކުޑަކުދިންގެ ހިޔާލު ހޯދަން ނިންމައިފި އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ބުނީ އެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރަނީ ނެކްސިއާ ކުންފުނި މެދުވެރިކޮށް ކަމަށެވެ.

ނެކްސިއާއާ ހަވާލާދީ ފިނޭންސް މިނިސްޓްރީން ބުުނީ، އެ ޕްލޭނަށް ކުދިން ބޭނުންވާ ހިޔާލު އާޓް މެދުވެރިކޮށް ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 30ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

އަދި މި ފުރުސަތުގައި ހަމައެކަނި ޕެއިންޓްގެ ގޮތުގައި ނޫނަސް ކުޑަކުދިންނަށް އެކުދިން ކުރިމަގުގައި ރާއްޖެ ދެކެން ބޭނުންވާގޮތް ހުށަހެޅުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ގައުމީ ތަރައްގީގެ ޕްލޭންއަކީ 2045 ވަަނަ އަހަރާ ހަމައަށްދާއިރު، ރާއްޖޭގެ ތަރައްޤީ އޮންނާނެގޮތުގެ ތަސައްވަރު އެކުލަވާލައި، އެމިސްރާބަށް މަސައްކަތްކުރުމަށް އެކުލަވާލާ 20 އަހަރުގެ ޕްލޭނެކެވެ.

ސަރުކާރުން ބުނެފައިވާ ގޮތުން އެ ޕްލޭން އަންނަ ޖެނުއަރީ މަހު އިފްތިތާހުކޮށް އަންނަ ޖޫން ހިސާބުގައި ޕްލޭންގެ މަސައްކަތް އެއްކޮށް ނިމޭނެ އެވެ.

Ads by HDC