ޚަބަރު

މާލޭ މީހުން މުއްސަނދިކޮށް އިގުތިސޯދީ މިނިވަންކަން ހޯދައިދޭނަން: އަލީ އާޒިމް

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

މޭޔަރުކަމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ މާލޭ ރައްޔިތުން މުއްސަނދިކޮށް އެ ރައްޔިތުންނަށް އިގުތިސޯދީ މިނިވަންކަން ހޯދައިދީގެން ކަމަށް އެމްޑީޕީގެ މޭޔަރު ޓިކެޓަށް ވާދަކުރައްވާ އަލީ އާޒިމް މިރޭ ވިދާޅުވެއްޖެއެވެ.

Ads by MPL

އާޒިމް ކެމްޕެއިން ލޯންޗުކުރުމަށް އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވިދާޅުވީ މޭޔަރުކަމުގައި އެންމެ ބޮޑު އިސްކަމެއްދޭނެ އެއް ކަމަކީ މާލޭގެ ރައްޔިތުންނަށް ވިޔަފާރިތައް ފެށުމަށް ފުރުސަތުތަކެއް ހޯދައިދިނުން ކަމަށެވެ.

ރައްޔިތުންނަށް އިގުތިސޯދީ މިނިވަންކަން ލިބުމަކީ އޭނާ އެންމެ ދެކެން ބޭނުންވާނެ ދުވަސް ކަމަށް ވިދާޅުވި އެވެ. ހިޔާލު ފާޅުކުރުމާއި ބަސް ބުނުމާއި ވެރީން ޖަވާބުދާރީކުރުވުމުގެ ބާރު ރައްޔިތުންނަށް ލިބޭނީ އޭރަށް ކަމަށް އާޒިމް ވިދާޅުވިއެވެ.

"އެއް ބަޔަކު މިތިބެނީ ސަރުކާރު ވަޒީފާގައި. ސަރުކާރުން ދޭ ވަޒީފާއި ނެތަސް ކުޑަ ލާރިކޮޅެއް ދިނީމައި ވޯޓު. އެވެނި މީހަކަށް ސަނާ ކިޔާފައި ޕޯސްޓްކުރުން. އިގުސޯދީ މިނިވަންކަން ދިނީމައި ބަސް ބުނަން ކެރޭނީ," އާޒިމް ވިދާޅުވި އެވެ.

މާލެ އަލުން އަތުރާލައި "ސްމާޓް ސިޓީ" އަކަށް ވެދާނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ސިޓީ ކައުންސިލްގެ ހުރިހާ ހިދުމަތެއް އޮންލައިން ކުރާނެ ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރަށް މާލެ އަލުން ތަރުތީބު ކުރާނީ ކަރަންޓު ބޮޑުވުމުގެ މައްސަލަތައް ވެސް ހައްލުވާނެ ގޮތަށް ކަމަށް ވިދާޅުވިއެވެ. އޭރަށް ކަރަންޓު ބިލުގެ ދެބައިކުޅަ އެއްބައި އަގުހެޔޮވާނެ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!