ދުނިޔެ

ކޮވިޑް19: އެހެން ގައުމުތަކަށް އެހީވުމުގައި ތުރުކީ ކުރީ ސަފުގައި

ދެން އެމްވީ ، ދެން އޮންލައިން

ތުރުކީ އިން ދެ ފްލައިޓު ފުރާ ސިއްހީ ހިދުމަތަށް ބޭނުންވާ ސާމާނު އިނގިރޭސިވިލާތަށް ފޮނުވައި ކޮވިޑް19 އިން އަރައިގަތުމަށް ދުނިޔެ ކުރަމުން އަންނަ މަސައްކަތުގައި ނަމޫނާ ދައްކައިފިއެވެ.

Ads by WAMCO

ތުރުކީއިން ފުރަތަމަ ފޮނުވި ފްލައިޓުގައި ވަނީ ސާރޖިކަލް މާސްކާއި، އެން95 އިންޑަސްޓަރިއަލް މާސްކާއި، ހަޒްމަތު ސޫޓުކަމުގައި އިނގިރޭސިވިލާތުގެ ޑިފެންސް މިނިސްޓްރީއިން ހާމަކުރެއެވެ. މި ފްލައިޓު ފޮނުވާލައިފައިވަނީ ހުކުރު ދުވަހުއެވެ. އަދި ދެވަނަ ފްލައިޓް އިނގިރޭސިވިލާތުގައި ޖައްސާފައިވަނީ ހޮނިހިރު ދުވަހުއެވެ. ދެވަނަ ފްލައިޓުގައި ވެސް ހުރީ ފުރަތަމަ ޖެއްސި ފްލައިޓުގައި ހުރި ސާމާނުކަމުގައި ވެސް އެ އިދާރާއިން މީޑިއާ ތަކަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

ތުރުކީ އިން ފޮނުވި އެހީތައް ފޮށިފޮށީގައި ފޮނުވާފައިވާއިރު ކޮންމެ ފޮއްޓެއްގެ ބޭރުގައި ކޮންމެ ނާއުންމީދަކަށް ފަހު އާ އުންމީދުތައް ވާނެކަމަށާއި ކޮންމެ އަނދިރިކަމަކަށް ފަހު އަލިގަދަކަމެއް ވާނެކަމަށް އިނގިރޭސިން ލިޔެފައިވެއެވެ. މި ބަސްކޮޅަކީ 13 ވަނަ ގަރުނުގައި އުޅުނު ޅެންވެރިއެއްގެ ބަސްކޮޅެކެވެ.

މީގެ އިތުރުން ވެސް ފާއިތުވި ހަފްތާތަކުގައި ތުރުކީ އިން ވަނީ ޔޫރަޕުގެ އެހެން ބައެއް ގައުމުތަކަށް ވެސް ސިއްހީ އެހީ ފޯރުކޮށްދީފައެވެ. އެގޮތުން އިޓަލީ އާއި ސްޕެއިން ގެ އިތުރުން ރަޝިއާ އަށް ވެސް އެހީ ފޯރުކޮށްދީފައިވެއެވެ.

ތުރުކީވިލާތުން ގައުމުތަކަށް އެހީވުމުގައި ކުރީ ސަފުގައި އޮތްއިރު އެގައުމުން މިހާތަނަށް 52,167 މީހަކު ވައިރަހަށް ފައްސިވެފައިވެއެވެ. އަދި 1,101 މީހަކު ވަނީ މަރުވެފައެވެ.

ކޮވިޑް19 ގެ ބިރުވެރިކަން ދުނިޔޭގެ އެކި ހިސާބުތަކުގައި ބޮޑުވެފައިވާއިރު ވައިރަސް ޖެހުނު މީހުންގެ އަދަދުވަނީ 1,775,510 އަރާފައެވެ. ވައިރަސް ޖެހުނު މީހުންގެ އަދަދު ދެ މިލިއަނާއި ގާތަށް ގޮސްފައިވާއިރު 108,555 މީހަކުވަނީ މަރުވެފައެވެ. ބަލިން ރަނގަޅުވެފައިވަނީ ބަލި ޖެހުނު މީހުންގެ ތެރެއިން 401,517 މީހުނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!