މުނިފޫހިފިލުވުން

ލޮކްޑައުންގައި ކެޓްރީނާ ކައްކަނީ، ބިސްގަނޑެއް ކަމެއް ޕެންކޭކެއް ކަމެއް ވަކި ކުރާކަށް ނޭނގޭ!

ދެން އެމްވީ ، ދެން އޮންލައިން

މިހާރު ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޯވިޑް 19 ވައިރަހުގެ ސަބަބުން އިންޑިއާ ވަނީ 21 ދުވަހުގެ ލޮކްޑައުން އަކަށް ގޮސްފައެވެ. އެގޮތުން ލޮކްޑައުން އިއުލާން ކޮށްފައިވާ މި ދުވަސްތަކުގައި، ބޮލީވުޑްގެ ކުޅަދާނަ ބަތަލާ ކެޓްރީނާ ކައިފްގެ އިންސްޓަގްރާމް އެކައުންޓުން ފެންނަނީ ވަރަަށް ހިންގާލާފައި އުޅެމުންދާ މަންޒަރެވެ.

Ads by MWSC

ކެޓްރީނާ މިވަނީ އިއްޔެ އޭނާގެ ދައްތައާއިއެކު ކެއްކުމުގައި އަވަދިނެތި އުޅެފައެވެ. އެހެންނަމަވެސް ކައްކާ ނިންމުމަށްފަހު، އޭގެ ފޮޓޯ ހިއްސާ ކުރުމުން ކެޓްރީނާގެ ސަޕޯޓަރުން ތިބީ އެއީ ބިސްގަނޑެއް ކަމެއް ޕެންކޭކެއް ކަމެއް ވަކި ކުރަން ނޭނގިފައެވެ.

ކެޓްރީނާ އެ ފޮޓޯ ހިއްސާ ކުރުމުން ބައެއް މީހުން ވަނީ އެއީ ޗީޒް ސޮޑާއެއް ތޯ އަހާފައެވެ. އަނެއް ބައި މީހުން ތިބީ އެއީ ބިސްގަނޑެއް ކަމެއް ނުވަތަ ޕެންކޭކެއް ކަމެއް ނޭނގިފައެވެ.

ކެޓްރީނާ ވަނީ ލޮކްޑައުން ގައި ހުރެގެން ގޭތެރެ ކުނިކަހާ ތަށިތެލި ދޮވެ ވަރަށް ގިނަ މަސައްކަތް ކޮށް އެކަންކަން އޭނާގެ ފޭނުންނާއި ހިއްސާކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!