ކުޅުދުއްފުށީގައި ލިލީގެ ފޯރި ވަރަށް ގަދަ، މިހަފްތާ ބަންދު ފުލްވެ، އަންނަ ބުރާސްފަތި ދުވަހަށް ހުޅުވާލައިފި
ހދ. ކުޅުދުއްފުށީގައި ލިލީ ފިލްމަށް ތަރުހީބު ބޮޑުވެ، އަންނަ ހަފްތާ ބަންދުގައި ޝޯއެއް އަޅުވަން ނިންމައިފިއެވެ.
މިހަފްތާ ބަންދުގައި ކުޅުދުއްފުށީގައި ހައުސްފުލް ތިން ޝޯ މިހާރު ދަނީ ދައްކަމުންނެވެ. ލިލީ ފިލްމުގެ ޓިކެޓް ކުޅުދުއްފުށިން ހޯދުމަށް 9697722 ނުވަތަ 9955152 އަށް ގުޅުއްވައިގެން ކުރިޔަށް ގެންދިއުމަށް ލިލީ ޓީމުން އެދެއެވެ.
ހަގީގީ ހާދިސާތަކެއްގެ ތެރެއަށް ހިޔާލީ ކަންކަން އިތުރުކޮށްގެން ގެނަސްދީފައިވާ “ލިލީ” ގެ މައިގަނޑު ތަރިންގެ ތެރޭގައި އައިޝާގެ އިތުރުން އަހުމަދު ޝާރިފް، މުހައްމަދު އިޝްފާން އަދި މަރިޔަމް ޝިމާ ހިމެނެ އެވެ. މިއީ މުހައްމަދު އަރީހް ޕްރޮޑިއުސްކޮށް އަޒްހާން އިބްރާހިމް ލިޔެ ޑައިރެކްޓު ކޮށްފައިވާ ފިލްމެކެވެ.
މި ފިލްމު ބަލާފައި ނިކުން މީހުންގެ ޝޫއޫރުތަކަށް ބަލާއިރު ފިލްމުގެ އަސަރުގަދަ ކަން ގިނަ ބަޔަކު ފާހަގަކުރެ އެވެ. އަދި ރާއްޖޭގައި އެއްވެސް މީހަކު ނުދައްކާ ބޮޑު ސިއްރު މިފަދައިން ފިލްމެއްގެ ޒަރިއްޔާއިން ގެނަސްދިނުމުގެ މުހިންމުކަން ބެލުންތެރިން ފާހަގަކުރެ އެވެ.
“ވަރަށް ރޮއިފިން، ގިސްލަ ގިސްލާފައި ރޮއިފިން” ބެލުންތެރިޔަކު ޝުއޫރު ފާޅު ކުރި އެވެ.
ފިލްމީ ތަރި މަރިޔަމް ނިޝާވެސް ވަނީ ފިލްމާއި ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ. އެގޮތުން އޭނާ ބުނީފިލްމުގެ ލީޑު އެކްޓަރު އައިޝާ އަލީގެ ބޮޑު ރޯލެއް ފެނުނު މިއީ ފުރަތަމަ ފަހަރަށް ވެފައި އޭނާގެ ހުނަރު ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމަށެވެ. އަދި ފިލްމުގެ ވާހަކަ ގެނަސްދީފައިވާ ގޮތް މޮޅުކަންވެސް ނިޝާ ފާހަގަކޮށްފައި ވެއެވެ.
ގިނަ ބަޔަކަށް ކަމުދިޔަ “ލިލީ” ގެ މިހާތަނަށް މާލޭގައި ދެއްކި ދެއްކި 9 ޝޯވވެސް ވަނީ ހައުސްފުލް ވެފަ އެވެ.
