ޚަބަރު

އިތުރު ދިވެއްސަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

އިތުރު ދިވެއްސަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ. އޭނާ އަކީ މި ބައްޔަށް ފައްސިވި ފަސް ވަނަ ދިވެއްސެވެ.

Ads by Sosun Fihaara

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ މައުލޫމާތު ދީފައިވަނީ ފިލިޕީންސް އިން އެނބުރި އައިސް އެރިޔަދޫ ކަރަންޓީން ފެސިލިޓީ ގައި ކަރަންޓީނު ކުރި ދިވެއްސެއް ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށެވެ.

މިހާތަނަށް ރާއްޖެ އިން 20 މީހަކަށް ވަނީ ކޮވިޑް-19 ޖެހިފައެވެ. އޭގެތެރެއިން 13 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ. އަދި ދެމީހަކު ވަނީ ރާއްޖެ އިން ފުރައިގެން ގޮސްފައެވެ. އެހެންކަމުން މިހާރު ރާއްޖޭގައި ތިބީ ކޮވިޑް-19 ޖެހިފައި ތިބި ފަސް މީހެކެވެ. އެ ފަސްމީހުންނަކީ ވެސް ދިވެހިންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!