ޚަބަރު

ފިޔަވަޅު އެޅިފަހުން ރާއްޖެ އައިސްފައިވަނީ 1362 ބަނގުލަދޭޝް މީހުން: ފައްޔާޒު

ދެން އެމްވީ ، ދެން އޮންލައިން

ބަންގްލަދޭޝް އިން ރާއްޖެއަށް މަސައްކަތު މީހުން ގެނައުން ކޮންޓޯލްކުރި ފަހުން ރާއްޖެ އައިސްފައިވަނީ 1362 މީހުންކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

Ads by MWSC

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ބިދޭސީން މަސައްކަތުމީހުން ގެނައުމާމެދު އެޅުއްވި ފިޔަވަޅާއެކު ރާއްޖެ މިހާތަނަށް އައިސްފައިވަނީ އެންމެ 1362 މީހުންކަމަށެވެ. މިއީ މީގެކުރިން މަހެއްގެ މައްޗަށް 3000 އާއި 5000 އާ ދެމެދުގެ ޢަދަދަށް މަހެއްގެމައްޗަށް އަންނަމުންދިޔަ ބައެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ސެޕްޓެމްބަރު މަހު މޮރެޓޯރިއަމް ނެރުނު ފަހުން ބަންގްލަދޭޝްއިން ރާއްޖެއަށް އަލަށް އައިސްފައިވަނީ އަންސްކިލްޑް ކެޓަގަރީގެ 1362 މީހުން. ޕްރޮފެޝަނަލް ކެޓަގަރީގެ 38 މީހުން. މި ކެޓަގަރީއަކީ އަޅުގަނޑުމެން މޮރެޓޯރިއަމް އިޝޫކުރި ދާއިރާއެއް ނޫން. އަޅުގަނޑުމެން ބިދޭސީން އައުން މަނާކުރީ އަންސްކިލްޑް ކެޓަގަރީއިން. 1362 މީހުން އިތުރުވީ. އޭރު މިއީ މަހެއްގެ މައްޗަށް ތިން ހާހުން ފަސް ހާހުން އަންނަމުންދާ ޢަދަދުތަކެއް. ސެޕްޓެމްބަރު ގެ ފަހުން އަޅުގަނޑުމެން އަލަކަށެއް އިޝޫއެއް ނުކުރަން." މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.

ރެގިއުލަރައިޒް ވުމަށް މިނިސްޓްރީއަށް ހުށަހަޅާފައިވާ މީހުންގެ ތެރެއިން 826 މީހަކު ޤައުމަށް އެނބުރި ދާން އެދިފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ބަންގްލަދޭޝްގައި އިޢުލާނުކޮށްފައިވާ ފުރަބަންދުގެ ޙާލަތު ނިމުމާއެކު މިމީހުން ފޮނުވާލުމުގެ މަސައްކަތް ކުރިއަށްގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!