Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އިންޑިއާގެ ކުންފުންޏަކާ ގުޅިގެން ދިރާގު ޓީވީން ހިންދީ ފިލްމު ދައްކަނީ

މުނިފޫހިފިލުވުމުގެ ކޮންޓެންޓް ހެދުމުގައި މަޝްހޫރު އިންޑިއާގެ ޝެމަރޫ އެންޓަޓެއިންމެންޓް ލިމިޓެޑް އާ ގުޅިގެން ދިރާގު ޓީވީން އިންޑިއާގެ މަޝްހޫރު ފިލްމުތައް ދައްކަން ފަށައިފި އެވެ.

ދިރާގުން ބުނީ "ޝެމަރޫ މީ" ދިރާގު ޓީވީ ވީޑިއޯ އޮން ޑިމާންޑް (ވީއޯޑީ) ޕްލެޓްފޯމަށް މިހާރު ވަނީ ގެނެސްފައި ކަމަށާއި އެއިން އިންޑިއާގެ އެންމެ ފަހުގެ ފިލްމްތައް ބަލައިލެވޭނެ ކަމަށެވެ. އަދި ބޮލީވުޑްގެ އިހުގެ ފިމްލްތަކާއި ބެންގާލީ ފިލްމްތައް ވެސް ހިމެނެ އެވެ.

ދިރާގުން ބުނީ މި ދުވަސްވަރަކީ ގޭގައި ގިނަ ބަޔަކު ތިބޭ ދުވަސް ވަރަކަށްވާތީ މިއީ ލިބިގެން ދާނެ ރަނުގެ ފުރުސަތެއް ކަމަށެވެ. މި ކޮންޓެންޓް ދިރާގު ޓީވީ ކަސްޓަމަރުންނަށް މޭ މަހުގެ ނިޔަލަށް 50 ޕަސެންޓް ޑިސްކައުންޓާއެކު ލިބޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ. އެއީ މަހެއްގެ މައްޗަށް 30ރ. އެވެ.

Advertisement
Ooredoo — Square (box)

ދިރާގު ޓީވީގެ ވީޑިއޯ އޮން ޑިމާންޑް ހިދުމަތް ދެމެވެރިކޮށް މުނިފޫހި ފިލުމުގެ ކޮންޓެންޓް ބޭނުން ގަޑިއެއްގައި ބަލައިލެވެ އެވެ. ދިރާގުން ދަނީ މި ފްލެޓްފޯމަށް ދިވެހި ކޮންޓެންޓްވެސް އިތުރު ކުރަން މަސައްކަތް ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް