ޚަބަރު

ޓެލެތޯނުން ލިބުނު 800,352 ޑޮލަރު މިނިސްޓްރީއާ ހަވާލުކޮށްފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ސިލޯނާ އެކު ދިވެހިން ޓެލެތޯނަށް ލިބުނު 800,352 ޑޮލަރު ފޮރިން މިނިސްޓްރީއާ ހަވާލު ކޮށްފިއެވެ.

Ads by MPL

މި ފައިސާ ހަވާލު ކޮށްފައި ވަނީ އެ ކަމަށް ހާއްސަކޮށް ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި ފައިސާ މިނިސްޓްރީއާ ހަވާލުކޮށްފައި ވަނީ ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޔާމީން ރަޝީދުއެވެ. އަދި ފޮރިން މިނިސްޓްރީގެ ފަރާތުން ފައިސާއާ ހަވާލުވެ ވަޑައިގެންނެވީ މިނިސްޓަރު އަބްދުﷲ ހަލީލުއެވެ.

ސިލޯނާ އެކު ދިވެހިން ޓެލެތޯނަކީ ތޫފާން ޑިޓުވާއާ ގުޅިގެން ލަންކާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ކުރިއަށް ގެންދިޔަ ޓެލެތޯނެކެވެ.

ތޫފާން ޑިޓުވާގެ ސަބަބުން ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 410އަކަށް އަރައިފައިވެއެވެ. ގެއްލުނު މީހުންގެ އަދަދު 336 އަރައިފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!