ޚަބަރު

ކޮވިޑް19: އަނެއްކާވެސް އިހްސާންތެރި ވިޔަފާރިވެރިއެއް ދަރަނި މާފުކޮށްދީިފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19އާއި ގުޅިގެން މަސައްކަތްތައް ހުއްޓި އިޤްތިޞާދަށް އައި ބޮޑު ބަދަލާއެކު އާންމުގެ ދިރިއުޅުމަށް މިވަނީ ދަތި ދުވަސްތަކަކާއި ކުރިމަތިލާން ޖެހިފައެވެ. އެހެންނަމަވެސް މިދަނޑިވަޅުގައި މުޖުތަމަޢުން އިޙްސާންތެރި ދަރުމަވެރިން ފެނިގެން ދިޔުމީ މިދެންނެވި ދަތިތަކަށް ލިބިގެންދާ ވަރަށް ބޮޑު ހިތްފަސޭހަ ކަމެކެވެ.

Ads by STELCO

މިފަހަރު ރ.މީދޫގެ ވިޔަފާރިވެރިއަކު އަނެއްކާވެސް މިވަނީ އިހްސާންތެރިކަން އިސްކޮށްފައެވެ. އެރަށު އައިޓީ ސޮލިއުޝަންސްއިން ވަނީ އެފަރާތަށް އެކި ފަރާތްތަކުން ދައްކަންޖެހޭ 37 ހާހަށްވުރެ ގިނަ ރުފިޔާ މާފުކޮށްދީފައެވެ.

އައިޓީ ސޮލިއުޝަންސްއިން ބުނެފައިވަނީ ކޮވިޑް 19 ގެ މި ނުރައްކާތެރި ވަގުތަކީ އެންމެނަށްވެސް ވަރަށް ދަތި ވަގުތަކަށް ވާތީ، މި ދަތިކަމުން އަރައިގަތުމަށް މި ވަގުތު އެންމެ މުހިންމުކަމަކީ އެކަކު އަނެކަކަށް ވެވެން އޮތް މިންވަރަކުން އެހީތެރިކަން ފޯރުކޮށްދިނުންކަމަށާއި އަދި ކުރިޔަށް އޮތީ ބަރަކާތްތެރި ރަމަޟާން މަސްކަމަށްވުމުން އެހީތެރިކަން ފޯރުކޮށްދިނުން އިތުރުކުރުމަކީ މުހިންމު ކަމެއްކަމުގައި ދެކޭ ކަމަށެވެ.

''ވުމާއެކު، އައި ޓީ ސޮލިއުޝަންސްގެ ކަސްޓަމަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެގޮތުން 2020 އޭޕްރީލް 10 ވަނަ ދުވަހާ ހަމައަށް ވަކިވަކި ފަރުދުންގެ ދަރަނީގެގޮތުގައި މިފިހާރައިގައި ރެކޯޑްކުރެވިފައިވާ 37،215.47 (ތިރީސް ހަތްހާސް ދުއިސައްތަ ފަނަރަ ރުފިޔާ، ސާޅީސް ހަތްލާރި) މަޢާފުކޮށްދީފައިވާ ވާހަކަ ކަސްޓަމަރުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ރެކޯޑްނުކުރެވި ވަކިވަކި ފަރުދުން ދަރަނީގެގޮތުގައި ގެންގޮސްފައިވާތަކެއްޗަށްވެސް އެއްވެސް ފައިސާއެއް ދައްކަވަން ނުޖެހޭނެވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ.'' އައިޓީ ސޮލިއުޝަންސް އިން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވެއެވެ.

މީގެ ކުރިން ބ.ތުޅާދޫ "ޑަބަލް އެމް އާޓް" އިން ވެސް ވަނީ އެފިހާރައަށް މިދިޔަމަހުގެ 31ގެ ނިޔަލަށް ނުދެއްކި ހުރި ދަރަނިތައް މާފުކޮށްދީފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!