ރާއްޖެ އެތެރެކުރަން އުޅުނު ނުވަލައްކަ ރުފިޔާގެ ކެނަބިސްފަތް އަތުލައިގެންފި
ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު ނުވަލައްކަ ރުފިޔާގެ އަގު ހުރި ކެނަބިސް ފަތްތަކެއް މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ބުނީ އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި 1.17 ހުރި ކަމަށެވެ. އަދި އޭގެ އަގު 936،000އަށް އަރާކަމަށް ވެސް ކަސްޓަމްސްއިން ބުނެއެވެ.
މި ތަކެތި އަތުލައިގަތީ ކޮންގައުމަކުން ރާއްޖެ އައި މީހެއްގެ އަތުން ކަމެއް އަދި ކޮން ގައުމެއްގެ މީހެއްގެ އަތުން ކަމެއް ވެސް ކަސްޓަމްސްއިން ބުނެފައެއް ނުވެއެވެ.
Ads by Ooredoo
