ޚަބަރު

މާމެންދޫ ކައުންސިލްގެ ރައީސް މަގާމުން އިސްތިއުފާ ދެއްވައިފި

ދެން އެމްވީ ، ދެން އޮންލައިން

ލ. މާމެންދޫ ކައުންސިލްގެ ރައީސް އަބްދުލް މުހުސިން މުހައްމަދު މަގާމުން އިސްތިއުފާ ދެއްވަފިއެވެ.

"ދެން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މާމެންދޫގެ ކައުންސިލްގެ ރައީސް މަގާމުން އިސްތިއުފާ ދެއްވާފައިވަނީ އިއްޔެއެވެ. ކައުންސިލްގެ ރައީސްކަމުގެ އިތުރުން މުހުސިން ވަނީ ކައުންސިލަރުކަމުންވެސް އިސްތިއުފާދެއްވާފައެވެ.

މާމެންދޫ ކައުންސިލްގެ 3 ކައުންސިލަރުންވެސް ނިސްބަތްވަނީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށެވެ.

"ދެން" އޮންލައިންއާއި ވާހަކަ ދައްކަވަމުން މާމެންދޫ ކައުންސިލްގެ ކުރީގެ ރައީސް ވިދާޅުވީ، ކައުންސިލް ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދެއްވީ މިވަގުތު ދިރިއުޅުމުގެ ހާލަތު ހުންނެވި ގޮތުން، ރަށު ރައްޔިތުން ބޭނުންވާވަރަށް ހިދުމަތް ނުކުރެވޭނެތީ ކަމަށެވެ.

މާމެންދޫ ކައުންސިލް އިދާރާއިން ބުނީ، ކުރީގެ ރައީސްގެ ސިޓީ މިހާރު ވާނީ އެލްޖީއޭއަށް ފޮނުވާފައި ކަމަށާއި، ކައުންސިލް ރައީސް އިންތިޚާބުކުރުމަށް ބާއްވާ ޖަލްސާ މިރޭގެ ވަގުތެއްގައި އޮންނާނެކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!