ޚަބަރު

އަނބިމީހާ ނޭފަތުގައި ދަތްއެޅި މީހަކު ފެންފުށިން ހައްޔަރުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ދެމަފިރިންގެ މެދުގައި ހިނގި ޒުވާބެއްގައި އަނބިމީހާގެ ނޭފަތުގައި ދަތްއެޅި ފިރިހެނެއް އއ. ފެންފުށިން ފުލުހުން ހައްޔަރުކޮށްފިއެވެ.

Ads by MWSC

މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، ފިރިމީހާ އަނބިމީހާގެ ނޭފަތުގައި ދަތްއެޅީ ދެމީހުންގެ ދެމެދުގައި ހިނގި ޒުވާބެއްގެ ތެރެއިން ކަމަށެވެ.

ފުލުހުން ބުނީ އެމައްސަލައިގެ ރިޕޯޓް ފުލުހަށް ކުރީ ރޭގެ ވަގުތެއްގައި ކަަމަށާއި، ކޯޓް އަމުރެއްގެ ދަށުން އެ ފިރިހެން މީހާ މިހާރުވަނީ ހައްޔަރުކޮށްފައި ކަމަށެވެ. ފުލުހުން އިތުރަށް ބުނީ، ފިރިމީހާ ދަތްއެޅުމުން އަނބިމީހާގެ ނޭފަތުގައި އެކަމުގެ ނިޝާން ފެންނަން ހުރި ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!