Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ނުފޫޒު ފޯރުވައިގެން ވަކި މީހަކަށް ޓިކެޓް ހޯދައިދޭން އުޅުމަކީ ހަޑި މުޑުދާރު އަމަލެއް: މަބްރޫކް

މި ދަނޑިވަޅުގައި ސަރުކާރުގެ އިސް ބޭފުޅެއް، ނުވަތަ ވިޔަފާރިވެރިއެއް ނަމަވެސް ނުފޫޒު ފޯރުވައިގެން ވަކި މީހަކަށް ޓިކެޓެއް ހޯދައިދޭން އުޅުމަކީ ހަޑި މުޑުދާރު އަމަލެއް ކަމަށް ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވިއެވެ.

ކޮވިޑް-19 ފެތުރެން ފެށުމާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުގައި ތިބި ދިވެހިން ގެންނަން ސަރުކާރުން ވަނީ މަސައްކަތްތަކެއް ކޮށްފައެވެ. އޭގެ ތެރެއިން މިހާތަނަށް ކޮލަމްބޯ އާއި ކޮޗިން އާއި ޓްރިވެންޑްރަމްގެ އިތުރުން ކުއާލަލަމްޕޫރުގައި ތިބި 500 އެއްހާ ދިވެހިން ވަނީ މޯލްޑިވިއަންގެ ފްލައިޓުތައް މެދުވެރިކޮށް ރާއްޖެ ގެނެސްފައެވެ.

އެ ފްލައިޓުތަކުން ބައެއް މީހުންނަށް އިންސާފުން ބޭރުން ޓިކެޓް ދެމުންދާ ކަމަށް ބައެއް ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.

Advertisement
Ooredoo — Square (box)

މިކަމާ ގުޅޭ ގޮތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ޓިކެޓްތައް ދޫކުރަން ވާނީ އޮންނަ އުސޫލުތަކުގެ ތެރެއިން ކަމަށާއި ނަމަވެސް ނުފޫޒުން ބޭރުން ވަކި މީހަކަށް ޓިކެޓް ދޭން އުޅުމަކީ މިފަދަ ދަނޑިވަޅެއްގައި ކުރާނެ ހަޑި ހުތުރު އަމަލެއް ކަމަށެވެ.

އިތުރު ތަފްސީލު އަންނަނީ...

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް