ޚަބަރު

ކަރަންޓީނު ފެސިލިޓީތަކުން 800 މީހުން، އަދި ރިސޯޓުތަކުން 9663 މީހުން ދޫކޮށްލައިފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅިގެން ކަރަންޓީ ކޮށްފައިތިބި 800 އަށް ވުރެ ގިނަ މީހުންނާއި ރިސޯޓުތަކަކާއި ސަފާރީތަކުން 9663 މީހުން ދޫކޮށްލާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

Ads by Sosun Fihaara

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް-19ގެ ތަރުޖަމާނު މުބްރޫކު އަޒީޒް ވިދާޅުވީ 800 އަށް ވުރެ ގިނަ މީހުން ކަރަންޓީނު ފެސިލިޓީތަކުން ދޫކޮށްލާފައިވާ ކަމަށެވެ. އަދި މިހާތަނަށް ސަފާރީތަކާއި ރިސޯޓުތަކުން 9663 މީހުން ދޫކޮށްލާފައިވާ ކަމަށް ވެސް މަބްރޫކު ވަނީ ވިދާޅުވެފައެވެ.

މަބްރޫކު ވިދާޅުވިގޮތުގައި މިހާތަނަށް 2670 ސާމްޕަލް ވަނީ ނަގާފައެވެ. އެގޮތުން އޭގެ ތެރެއިން 2612 މީހުން ނެގަޓިވް ކަމަށާއި 38 މީހުންގެ ނަތީޖާ ނުލިބޭ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

މިހާތަނަށް ރާއްޖެއިން 20 މީހަކު ވަނީ ކޮވިޑް-19އަށް ފައްސުި ވެފައެވެ. އޭގެ ތެރެއިން 14 މީހަކު ރަނގަޅުވެފައިވާއިރު މިހާރު އެބަލިން ރަނގަޅު ނުވެ ތިބީ ހަތަރު ދިވެހިންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!