ޚަބަރު

5 ހޮސްޕިޓަލެއްގައި ކޮވިޑް-19 އަށް ފަރުވާދެވޭނެ އިންތިޒާމު ހަމަޖައްސަނީ

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭގެ އަތޮޅުތަކުގެ 5 ހޮސްޕިޓަލެއްގައި ކޮވިޑަށް ފަރުވާ ދެވޭނެ އިންތިޒާމްތައް ހަމަޖައްސަން ނިންމައިފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް ޢަޒީޒް ވިދާޅުވީ، އެ ބައްޔަށް ފަރުވާ ދިނުމުގެ ކަންކަން އަތޮޅުތަކުގައިވެސް ހަރުދަނާކުރުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުންދާކަމަށެވެ. އެގޮތުން މިހާރު ފަސް ސަރަޙައްދެއް ކަނޑައެޅި، އެތަންތަނަށް ބޭނުންވާ ވަޞީލަތްތައް ހަމަކުރުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް މަބްރޫކް ވިދާޅުވިއެވެ.

އެ ހޮސްޕިޓަލުތަކަކީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި، ގއ. އަތޮޅު ހޮސްޕިޓަލާއި، ލ.ގަން ރީޖަނަލް ހޮސްޕިޓަލާއި، ބ. އަތޮޅު ހޮސްޕިޓަލްގެ އިތުރުން ށ. އަތޮޅު ހޮސްޕިޓަލެވެ.

މަބްރޫކް ވިދާޅުވީ، މި ފަސް ސަރަޙައްދުގައިވެސް އައިސީޔޫތަކާއި، އައިސޮލޭޝަން އެނދުތައް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެތަންތަނުން ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ އިންތިޒާމްތައްވެސް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

ހަމައެއާއެކު މި ހޮސްޕޓިަލްތަކުގެ ތެރެއިން ބައެއް ހޮސްޕިޓަލްތަކަކީ އާންމުން ފަރުވާ ހޯދުމަށް ދާ ހޮސްޕިޓަލްތަކެއް ކަމަށާއި އެހެންކަމުން އެ ހޮސްޕިޓަލްތަކުގައި ވަދެ ނުކުމެ ހެދުމަށް ވަކި ސަރަހައްދެއް ވަކި ކުރެވިފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި އެ ވަދެ ނުކުމެ ހެދުމަށްވެސް ވަކި ދޮރެއް ޞޭނުން ކުރުމަށް ހަމަޖައްސާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!