ރާއްޖެއަށް ޑިމޮކްރަސީގެ ހަމަތައް ގެނައުމަށް ހިތްވަރު ލިބުނީ ގާންދީގެ އުސޫލުތަކުން: ރައީސް ނަޝީދު

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން ރާއްޖެއަށް ޑިމޮކްރަސީގެ ހަމަތައް ގެނައުމަށް ޓަކައި ކުރި މަސައްކަތުގައި އެންމެ ބޮޑު ހިތްވަރެއް ލިބުނީ އިންޑިއާގެ މިނިވަންކަމުގެ ބާނީ މަހާތުމާ ގާންދީ ގެންގުޅުއްވި އުސޫލުތައް ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
އިންޑިއާގައި މިއަދު ފާހަގަ ކުރާ "ގާންދީޖަޔަންތީ"އާ ގުޅިގެން އެމްޑީޕީގެ ރައީސް ، ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑިމޮކްރަސީގެ ހަމަތައް ގެނައުމަށް ކުރި މަސައްކަތުގައި އެންމެ ބޮޑު ހިތްވަރެއް ލިބުނީ ގާންދީ ގެންގުޅުއްވި ހަމަނުޖެހުމާއި ދެކޮޅު އަދި މަދަނީ ބަސްނޭހުމުގެ އުސޫލުތައް ކަމަށެވެ. އަދި ގާނޫނު އަސާސީ އިސްލާހު ކުރުމާއި 2008 ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވުނީ އެކަމުގެ ސަބަބުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"ގާންދީޖަޔަންތީ" އަކީ ކޮންމެ އަހަރެއްގެ އޮކްޓޫބަރ މަހު 2 ވަނަ ދުވަހު އިންޑިއާއިން ފާހަގަ ކުރާ މުނާސަބަތަކެވެ. އެދުވަހަކީ ގާންދީގެ އުފަން ދުވަހެވެ.
އިންޑިއާއަށް މިނިވަންކަން ހޯދައިދިނުމަށް އެންމެ ބޮޑު މަސައްކަތެއްކޮށްދިން ބާނީއާ މެދު ވެސް އިންޑިއާގައި އަބަދު ވެސް ޚިޔާލު ތަފާތުވުން އޮވެއެވެ. އެގޮތުން އިންޑިއާގެ ހަގީގީ ބާނީ އަކީ މަހާތުމާ ގާންދީތޯ ނުވަތަ ސުބާޝް ޗަންދުރާ ބޯސްތޯ އަކީ ވަރަށް ބޮޑަށް ބަހުސް ކުރެވޭ މައުލޫއެކެވެ.އަދި އެކަމުގެ މައްޗަށް ފޮތްތައް ވެސް ލިޔެފައި ވެއެވެ.
އެހެނަސް މަ މަސައްކަތް ކުރީ ގާންދީގެ އުޞޫލުތަކާ ދިމާ އިދިކޮޅަށް. ހެހެހެ!!!!!