މުނިފޫހިފިލުވުން

ކިމް ކާޑޭޝިއަންގެ ކުޑައިރުގެ ފޮޓޯއެއް، ވަރަށް ތަފާތު

ދެން އެމްވީ ، ދެން އޮންލައިން

ކިމް ކާޑޭޝިއަން އޭނާގެ ކުޑައިރުގެ ފޮޓޯއެއް ދައްކާލައި ، ސަޕޯޓަރުން އާޝޯޚް ކޮށްލައިފިއެވެ.

Ads by Sosun Fihaara

ރިއަލިޓީ ޓީވީ ސްޓާރ އެއް ކަމަށްވާ ކިމް، އޭނާ ގްރޭޑް 7 ގައި ކިޔެވި އިރުގެ ފޮޓޯއެއް ހިއްސާ ކޮށްފައިވަނީ 165 މިލިއަނެއް އެއްހާ މީހުން ފްލޯ ކުރަމުންދާ އޭނާގެ އިންސްޓަގްރާމު އެކައުންޓްގައެވެ.

ކިމް އޭނާގެ ކުޑައިރުގެ އެ ފޮޓޯ ސަޕޯޓަރުންނަށް ދޫކޮށްލަމުން ލިޔެފައިވަނީ "ގްރޭޑް 7 ކޫލްނެސް" މިހެންނެވެ. މިދިޔަ ހޮނިހިރު ދުވަހު ކިމް އޭނާގެ ކުޑައިރުގެ ފޮޓޯއެއް ހިއްސާ ކުރިއިރު، ހަމަ އެދުވަހު ކިމް ވަނީ އޭނާގެ ސޭޕް ލައިނަރ ވެސް ލޯންޗް ކޮށްފައެވެ.

ކިމް އޭނާގެ އިންސްޓަގްރާމު އެކައުންޓްގައި ހިއްސާ ކުރި ކުޑައިރުގެ ފޮޓޯއަށް އެތައް ބައެއްގެ ސަމާލުކަން ލިބެމުން ދާއިރު، އެ ފޮޓޯގައި ކިމް އެއްވެސް މޭކަޕެއް ބޭނުން ކޮށްފައެއް ނުވެއެވެ.

މިދިޔަ ހުކުރު ދުވަހު ވޯލްޑް ސިބިލިންގް ޑޭ ފާހަގަކުރިއިރު، އުމުރުން 39 އަހަރުގެ ކިމް ވަނީ އާއިލާއާއި އެކު ފޮޓޯއެއް ނަގާ، އޭނާގެ ސަޕޯޓަރުންނާއި ހިއްސާ ކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!