އިއްޔެ 17 ސްޕާއެއް ބަލައި ފާސްކޮށްފި
އިމިގްރޭޝަނުން އިއްޔެ ވެސް 17 މަސާޖު ޕާލާއެއް ބަލައި ފާސްކޮށްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ، ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަން އިއްޔެ ވެސް ކުރިއަށް ގެންދިޔަ ކަމަށެވެ. އަދި މާލޭގައި ހިންގަމުން ދިޔަ 17 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން މަޢުލޫމާތުދެއެވެ.
މިފަދަ ވިޔަފާރިތަކުގައި ނުޤަވައިދުން އުޅޭ ބިދޭސީން ހައްޔަރުކޮށް އޮންނަ އުޞޫލުން އެ ފަރާތްތައް ޑީޕޯޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މި އޮޕަރޭޝަނުގެ ދަށުން 52 މަސާޖު ޕާލާއެއް ބަންދުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ ވިދާޅުވެފައެވެ.
Ads by HDC

