ޚަބަރު

ރައްޔިތުންގެ ޝަކުވާގެ އަޑުއައްސަވައި، ޙައްލު ހޯއްދަވައިދެއްވި ރައީސް މުޢިއްޒު: ނަރީޝް

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
މާލޭ ޑެޕއިުޓީ މޭޔަރު އަހުމަދު ނަރީޝް/ ފޮޓޯ: ދެން

ވެރިކަމުގެ ފުރަތަމަ ދެ އަހަރު، ހުރިހާ ފަންތިއެއްގެ ރައްޔިތުންގެ ޝަކުވާތައް އަޑުއައްސަވައި، އެ ޝަކުވާތަކަށް ޙައްލު ހޯއްދަވައިދެއްވި ރައީސްއަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަޙުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

Ads by STELCO

އެމަނިކުފާނު އެކްސްގައި ހިއްސާކުރެއްވި ޕޯއްސްޓެއްގައި ވިދާޅުވީ، ބޮޑާކަމާއި ކިބުރުވެރިކަމެއް ނެތި، ރައްޔިތުންނާއި ހަމައަށް ފައިބައި ހުންނެވި ވެރިއެއް، ރައީސް މުޢިއްޒު ނޫނީ ދެކިވަޑައިނުގަންނަވާ ކަމަށެވެ.

މީގެ އިތުރުން، ރައީސް މުޢިއްޒު، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއި މާލޭ ސިޓީގެ ހުރިހާ އަވަށެއްގެ ރައްޔިތުންގެ ގާތަށް ޒިޔާރަތްކޮށް، ސީދާ ރައްޔިތުމީހާގެ ކަންބޮޑުވުންތައް އަޑުއަހައި ވަގުތުން ޙައްލުކޮށް ދެއްވެންހުރި ކަންކަން ހައްލުކޮށްދެއްވައިފިކަމަށް ނަރީޝް ވިދާޅުވިއެވެ.

ހަމައެހެންމެ، ރައްޔިތުންނަށް ޙަޤީޤީ މާނައިގައި ވެރިކަމުގެ އިޙްސާސް މިހާރު ކުރެވޭނެ ކަމަށާއި ރައްޔިތުން ވެސް އެ ވާހަކަތައް ދައްކަން ފަށައިފި ކަމަށް ނަރީޝް ވަނީ ވިދާޅުވެފައެވެ.

Ads by Ooredoo
  1. ނޭނގޭކުއްޖާ

    މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރަކީ އަދިވެސް ނަރީޝްތަ؟؟؟؟