ޚަބަރު

ޞިއްޙަތަށް ނުރައްކާވާ މިންވަރަށް މާލެ ސަރަހައްދުގެ ވައި ނުސާފުވެއްޖެ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: ޕީއެސްއެމް ނިއުސް

ޞިއްޙަތަށް ނުރައްކާ މިންވަރަށް މާލެ ސަރަހައްދުގެ ވައި ނުސާފުވެއްޖެއެވެ.

Ads by STELCO

ހެލްތު ޕްރޮޓަކްޝަން އޭޖެންސީ ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ވަނީ،  ވިލިމާލެއާއި ދ. ކުޑަހުވަދޫ ސަރަހައްދުގެ ވައިނުސާފު މިންވަރު ހުރީ އާންމު ސިއްހަތަށް ނުރައްކާވާ ފަދަ މިންގަނޑަކަށެވެ. އެހެންކަމުން އެޗްޕީއޭއިން ވަނީ އެ ސަރަހައްދަށް ރެޑް އެލާޓް ނެރެފައެވެ.

މާލެ ސަރަހައްދުގެ ވައިގެ ކޮލިޓީ 170ގައި ހުރިއިރު ކުޑަހުވަދޫ ހިމެނޭ ސަރަހައްދު ހުރީ 165 ގައެވެ. ވައި ނުސާފުކަމުގެ މިންގަނޑު 200-150ގައި ދައްކާ ނަމަ، ސިއްހީގޮތުން ނޭދެވޭ އަސަރުތައް ކުރުމާއި ފުއްޕާމެއާއި ހިތުގެ ބަލިތައް ބޮޑުވުމުގެ ނުރައްކާތެރިކަން އެންމެނަށް ވެސް އޮންނާނެ ކަމަށް އެޗްޕީއޭއިން މަޢުލޫމާތުދެއެވެ.

އެޗްޕީއޭއިން ވަނީ މި ޙާލަތުގައި ލިބިދާނޭ ގެއްލުންތަކުން ސަލާމަތްވުމަށް ދީފައިވާ އިރުޝާދުތަކަށް އަމަލުކުރުމަށާއި ބޭރަށް ނިކުމެ އުޅޭ ނަމަ މާސްކު ބޭނުން ކުރުމަށް އިލްތިމާސްކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!