ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު އުމުރަށް ޖަލަށް!
ރާއްޖެ އަށް ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ސްރީލަންކާ މީހަކު އުމުރަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.
މުހައްމަދު ނަސްމިން މުހައްމަދު މުބީން ނަމަކަށް ކިޔާ މި މީހާ މައްޗަށް ރާއްޖެ އަށް މަސްތުވާތަކެތި އެތެރެ ކުރުމުގެ ދައުވާ ދައުލަތުން ކުރީ ޖޫން، 2017 ގައި އޭނާ ރާއްޖެ އައުމުން އޭނާ ލަޖެގް ކަސްޓަމްސް އިން ފާސް ކުރިއިރު ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި ފެނުނު މައްސަލާގަ އެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ ނަސްމިންގެ ހިޔާޒަތުގެ ދަށުން ފެނުނު މަސްތުވާތަކެތީގެ ޒިންމާ ގާނޫނީ ގޮތުން އުފުލަން ޖެހޭތީ މަސްތުވާއެއްޗެއް އެތެރެ ކުރުމުގެ ކުށުން އޭނާ ކުށްވެރިވާ ކަމަށެވެ.
އެހެންވެ، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އޭނާ އުމުރަށް ޖަލަށްލުމާ އެކު 100،000ރ. އިން އޭނާ ޖޫރިމަނާކުރަން ހުކުމްކުރީ ކަމަށް އެ ހުކުމުގައިވެ އެވެ. އަދިި ޖޫރިމަނާ ފައިސާ ހަ މަސް ތެރޭގަައި މޯލްޑިވްސް އިިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން އަންގާ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.