ޚަބަރު

ދެ ކޮމްޕިއުޓަރާއި 7 ރިސޯޓުން ގައުމު ނުހިންގޭނެކަން ސަރުކާރަށް މިހާރު އެނގޭނެ: ޣައްސާން

ދެން އެމްވީ ، ދެން އޮންލައިން

ދެ ކޮމްޕިއުޓަރާއި ހަތް ރިސޯޓުން ގައުމު ނުހިންގޭނެކަން ސަރުކާރަށް މިހާރު އެނގޭނެކަމަށް ގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް މުހައްމަދު ޣައްސާން މައުމޫނު ވިދާޅުވެއްޖެ އެވެ.

ޗެނަލް13 އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޣައްސާން ވިދާޅުވީ، ކޮވިޑް-19ގެ ސަބަބުން އިގްތިސާދީ ހީނަރުކަމެއް ދިމާވެފައިވާ މި ދަނޑިވަޅުގައި ސަރުކާރުން ސެލްފް އެންޕްލޮއިޑް މީހުންނަށް ތިން މަސް ދުވަހަށް ލޯނު ދިނުމަކީ ބޮލުގައި އެޅޭ ޒިންމާއެއް ކަމަށާއި ރަހުނު ނެތް ނަމަވެސް އާމްދަނީ ނުލިބޭނަމަ ލޯނު ދައްކާނެ ގޮތެއް ނޯންނާނެކަމަށެވެ.

"ސެލްފް އެންޕްލޮއިޑް މީހުންނަށް 18،000 ރުފިޔާ ލޯނެއްގެ ގޮތުގައި ތިން މަސްދުވަހު ދޭން. އަޅުގަނޑުމެން ގަބޫލެއް ނުކުރަން މި ދަނޑިވަޅަކީ އެއްވެސްބަޔަކަށް ލޯނެއް އަނެއްކާ ދޭންވީ ވަގުތުކަމަކަށް. އެއީ ބޮލުގަ އެޅޭ އިތުރު ޒިންމާއެއް. މިސާލަކަށް ޓެކްސީ ޑްރައިވަރަކަށް ވިސްނާލިޔަސް އެބޭފުޅުންނަށް ދަތުރު ނުލިބެކަމުގައި ވަންޏާ އަދި މިވަގުތު 18000 ރުފިޔާ ލިބުނަސް ކިހިނެއްތޯ ފަހުން މި ދައްކަނީ،" ޣައްސާން ވިދާޅުވިއެވެ.

ޣައްސާން ވިދާޅުވީ ސްޓިއުމަލްސް ޕްކޭޖު ނުވަތަ ރިލީފް ޕްކޭޖުގެ ކަންކަން ދަނީ އެންމެ ރަނގަޅަށް ނޫން ކަމަށާއި މި ދަނޑިވަޅުގައި ހާލުގައި ޖެހިފައިވާ މީހުންނަށް ހަރަދު ކުޑަކުރާގޮތަށް ރިލީފް ފަންޑުން އަތަށް ފައިސާ ދިނުމުން އެމީހުންގެ ހަރަދުތައް ބެލެހެއްޓޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ބްރިޖަކީ މުހިއްމު އެއްޗެއް ނޫން ކަމަށް ކުރިން ބުނި ނަމަވެސް އެ މީހުން މިހާރު ސަރުކާރާ ހަވާލުވުމަށް ފަހު ބްރިޖުގެ މަޝްރޫއުއް ހިންގަން މަސައްކަތް ކުރަމުން އަންނަކަން ގައްސާން ފާހަގަކުރައްވަ އެވެ. ޣައްސާން ވިދާޅުވީ މިކަމުގެ މަސައްކަތް ފެށުމުން މިއީ ދެ ކޮމްޕިއުޓަރާއި ހަތް ރިސޯޓުން ހިންގޭނެ ކަމެއް ނޫންކަން ސާފުވެގެން ގޮސްފައިވާ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!