Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ފ.މަގޫދޫގެ އޭޕްރީލްމަހުގެ ކަރަންޓްފީ މަޢާފް ކޮށްދީފި

ރަމަޟާން މަހުގެ އިނާޔަތެއްގެ ގޮތުންނާއި ކޮވިޑް19 އާއި ގުޅިގެން ދިމާވެފައިވާ ދަތިކަމަށް ލުޔެއް ދިނުމުގެ ގޮތުން ފ.މަގޫދޫ ގޭބިސީތަކުގެ އޭޕްރީލްމަހުގެ ކަރަންޓްފީ މަޢާފް ކޮށްދޭން އެރަށު ކައުންސިލުން ނިންމައިފިއެވެ.

"ދެން" އާއި ވާހަކަ ދައްކަމުން އެމްޑީޕީއަށް ނިސްބަތްވާ ތިން މެމްބަރުން ތިބި މަގޫދޫ ކައުންސިލްގެ ނައިބު ރައީސް އިބްރާހީމް ޒުހޫރު ބުނުއްވީ މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގެ އިއްތިފާގުން އޭޕްރީލް މަހުގެ ކަރަންޓްފީ މަޢާފްކޮށްދޭން ނިންމާފައިވާ ކަމަށެވެ.

"މިދިޔަ އަހަރުގެ ރަމަޟާން މަހުގެ އިނާޔަތަކަށް ކަރަންޓްފީން 50 ޕަސެންޓް މާފުކޮށްދިނިން ، އަދި މިއަހަރު މިއޮތީ މުޅިން ތަފާތު ދަތި ޙާލެއްގައި ، އެހެންވެ މިއަހަރު މި ނިންމީ އެއްކޮށް މާފު ކޮށްދޭން" އިބްރާހީމް ޒުހޫރު ބުނުއްވިއެވެ.

Advertisement
Ooredoo — Square (box)

850 މީހުންގެ އާބާދީއެއް އޮންނަ މަގޫދޫގައި ކަރަންޓްގެ ޚިދުމަތް ދެނީ ފެނަކައިންނެވެ. ކައުންސިލުން މިއަދު ނިންމި ނިންމުމާއެކު އެރަށު ގޭބިސީތަކުގެ ކަރަންޓްފީ އަށް އަރާ ލައްކައެއްހާ ރުފިޔާ އޭޕްރީލްމަހު ދައްކާނީ ކައުންސިލްގެ ބަޖެޓުންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް