ލައިފްސްޓައިލް

ބަނޑުހައި ވުމުން ރުޅި ގަދަވޭތަ؟ މިއޮތީ ސަބަބު

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ބަނޑުހައި ވެފައި ހުންނައިރު ފަސޭހައިން ރުޅި އަންނަކަން އެންމެން ވެސް ގަބޫލުކުރެ އެވެ. އެކަމަކު ބައެއް މީހުންނަކީ ހައިވުމާ އެކު އާދަޔާ ޚިލާފަށް ރުޅި އަންނަ މީހުންނެވެ. ބަނޑުހައި ވުމާއި ރުޅި އައުމާ ގުޅެނީ ކިހިނެއްހެއްޔެވެ؟

Ads by Sosun Fihaara

ބައެއް މީހުން ގަބޫލުކުރާ ގޮތުގައި އެއީ ހަށިގަނޑަށް ބޭނުންވާ ކާނާ މަދުވުމުން ހަށިގަނޑު އެކަމަށް އިޖާބަދޭ ގޮތެކެވެ.

އެގޮތުން ކާތަކެތީގައި ހުންނަ ކާބޯހައިޑްރޭޓްސް، ޕްރޮޓީންސް އަދި ފެޓާއި އެހެން މާއްދާތައް ވެސް ހަކުރު ނުވަތަ ގުލްކޯޒްގެ ގޮތުގައި ހަކަތައަށް ބަދަލުވެ އެވެ. މި ހަކަތަ ލޭގެ ތެރެއިން ހަށިގަނޑުގެ އެކި ގުނަވަންތަކާއި ޓިޝޫތަކަށް ފޯރައެވެ.

އަދި ކެއުމަށް ފަހު ގިނައިރު ވަމުންދާ ވަރަކަށް، ލޭގައި ހުންނަ ނިއުޓްރިއަންޓްސްގެ މިންވަރު ވެސް ދަށްވަމުންދެ އެވެ. އަދި ލޭގައި ހަކުރު ނުވަތަ ގުލްކޯޒް ވަކި ވަރަކަށް ވުރެ ދަށް ވެއްޖެ ނަމަ ސިކުނޑިން އެކަން ނަގަނީ ފުރާނަ އަށް ނުރައްކާ ވަރުގެ ކަމެއްގެ ގޮތުގަ އެވެ. ގުލްކޯޒްގެ މިންވަރު ދަށްވުމުން ސިކުނޑި އެކަން އެހާ ސީރިއަސް ކަމެއްގެ ގޮތުގައި ނަގަނީ އެހެން ގުނަވަންތައް ހިންގުމަށް އެކި ބާވަތުގެ ނިއުޓްރިއަންޓްސް ބޭނުންވާއިރު ސިކުނޑީގެ މަސައްކަތަށް ބޭނުންވަނީ ގުލްކޯޒް ކަމުގައިވާތީ ކަމުގައި ބެލެވެއެވެ.

ބަނޑުހައި ވުމުން މުޅި ހަށިގަނޑަށް އަންނަ ބަދަލާ އެކު، ސިކުނޑި ވަރަށް ބޮޑަށް "ސީރިއަސް"ވެ އެވެ. އެހެންވެ ފަސޭހައިން ރުޅި ވެސް އަންނަނީ އެވެ. ނިއުޓްރިއަންޓްސް މަދުވުމުން ނުވަތަ ގުލްކޯޒް މަދުވުމުން ވެސް ހަށިގަނޑުން އަވަސްވެ ގަންނަނީ ހަށިގަނޑު ނިކަމެތި ވުމުގެ ކުރިން އެ ބައިތައް ހޯދުމަށެވެ. ހަށިގަނޑު ސަލާމަތް ކުރުމަށެވެ. ރުޅި އަކީ މި ހާސްކަމުގެ ތެރޭގައި ސިކުނޑިން އުފައްދާ އިހްސާސެވެ.

Ads by HDC
  1. އަލީ

    ބަނޑުހައ ވީމަާ ރުޅިއަންނަނަމ ކާނީއެވެ. އޭރުނ ބަނޑުހައިކަނ ފލާފާނެއެވ..ރުޅިވެސްމަޑުވާނެއެވެެ.