ވިޔަފާރި

ރެކޯޑެއް : އެއާޕޯޓުން މިއަދު 22،000 މީހުންނަށް ހިދުމަތްދޭނެ

ފާތިމަތު އަފްނާން ، ދެން އޮންލައިން
ރާއްޖެއަށް ޒިޔާރަތް ކުރި ޓޫރިސްޓުންތަކެއް -- ފޮޓޯ : އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަަނަލް އެއާޕޯޓް (ވީއައިއޭ)އިން މިއަދު 22،000 މީހުންނަށް ހިދުމަތް ދޭއިރު މިއަދު ވެގެންދާނީ އެންމެ ބާރުބޮޑު ދުވަހަށް ކަމަށް އެމްއޭސީއެލްއިން ބުނެފިއެވެ.

Ads by STELCO

އެމްއޭސީއެލްގެ އެމްޑީ އިބްރާހިމް ޝަރީފް މިހާރު ނޫހަށް ވިދާޅުވީ 22،000އަށް ވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދޭނެ ކަމަށެވެ.

ޝަރީފު ވިދާޅުވި ގޮތުގައި މިއަދު ގާތްގަނޑަކަށް 11،035 ފަސިންޖަރުން ފުރާއިރު، 11،107 ފަސިންޖަރުން ރާއްޖެ އަންނާނެ ކަމަށް އަންދާޒާ ކުރެވެއެވެ.

އެއާޕޯޓަށް ލޯޑު މިއަދު ބޮޑުވެފައިވަނީ ޓޫރިޒަމްގެ މައި ސީޒަނާއި އުމްރާގެ އަޅުކަމަށް ގިނަ ބަޔަކު ފުރާ ދުވަހަށް މިއަދުވުމުންނެވެ. އޭގެ އިތުރުން މި ދުވަސްކޮޅަކީ ޗުއްޓީ ދުވަސްކޮޅެއް ކަމުން، ފުރާ މީހުންނާއި އަންނަ މީހުން ބޮޑުތަކުން އިތުރުވާނެއެވެ.

މިހާތަނަށް ވީއައިއޭއަށް އެއް ދުވަހެއްގައި އެންމެ ގިނަ މީހުން ހިދުމަތް މިދިޔަ މަހުގެ ފެބްރުއަރީ މަހުއެވެ. އެއީ 11،200 ޓޫރިސްޓުންނެވެ.

Ads by HDC