Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ކޮއްދިޕަރުން ކޮވިޑަށް ޝައްކުވެގެން ޓްރީޓޮޕަށް ބަދަލުކުރި މީހާގެ ނަތީޖާ ނައްސި

ކޮއްދިޕަރުން ކޮވިޑަށް ޝައްކުވެގެން ޓްރީޓޮޕަށް ބަދަލުކުރި މީހާގެ ނަތީޖާ ނައްސި ވެއްޖެއެވެ.

ކޮވިޑް-19 އާއި ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިރޭ ވިދާޅުވީ އެ ރިސޯޓުން ބައްޔަށް ޝައްކު ކުރެވެނީ އެ ރިސޯޓުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފަކަށް ކަމަށެވެ. އޭނާގެ ފުރަތަމަ ޓެސްޓުގެ ނަތީޖާ ނެގެޓިވްވިކަން މީގެކުރިން އޮތީ އެނގިފައެވެ.

ނަމަވެސް އޭނާގެ ހާލު ބޮޑުވުމާ ގުޅިގެން ވަނީ ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓްކޮށް، އިތުރު ޓެސްޓެއް ވެސް ހަދާފައެވެ. އެ ޓެސްޓުގެ ނަތީޖާ ނެގެޓިވް ވެފައިވާކަން އެނގިފައިވަނީ މިރޭގެ ވަގުތެއްގައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

އަދި އެ ރިސޯޓު މޮނީޓަރިންގެ ހާލަތުން ނެގުމާ ގުޅޭގޮތުން ގޮތެއް ނިންމާނީ ކޮވިޑާއި ގުޅިގެން އުފައްދާފައިވާ ޓެގް ޓީމުން ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑަށް ވަނީ ޖުމްލަ 20 މީހަކު ޕޮޒިޓިވް ވެފައެވެ. އޭގެތެރޭގައި ހިމެނެނީ ފަސް ދިވެހިންނާއި 15 ބިދޭސީންނެވެ. ބައްޔަށް ޕޮޒިޓިވްވި 15 މީހަކު މިހާތަނަށް ވަނީ ރަނގަޅުވެފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް