ޚަބަރު

މިއީ ލިލީ އޮލިންޕަހުން ފެންނާނެ އެންމެ ފަހު ރޭ!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ދިވެހި ފިލްމު ލިލީގެ މަންޒަރެއް. މި ފިލްމު މިހާރު އޮލިމްޕަސްގައި ދަނީ ދައްކަމުން

މިހާރު އޮލިމްޕަސް ސިނަމާގައި ދައްކަމުންދާ ދިވެހި ފިލްމު "ލިލީ" ގެ އެންމެ ފަހު ޝޯ އޮންނާނީ މިރޭއެވެ.

Ads by STELCO

ވތަކުގެ ޓިކެޓު އޮލިމްޕަސް ކައުންޓަރުގެ އިތުރުން ފިލްމުގެ ރަސްމީ ވެބްސައިޓު www.book.lilythemovie.com ގެ އިތުރުން ހޮޓްލައިން 7505079 އަށް ވައިބާ ކޮށްގެން ގަނެވޭނެ އެވެ.

ދިވެހި ފިލްމު "ލިލީ" އޮލިމްޕަހުގައި ދައްކަން ފެށީ މިދިޔަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ. ފިލްމުގެ ޓިކެޓު ވިއްކަން ފުރަތަމަ ފެށި ދުވަހު އޮލިމްޕަސް ކުރިމަތީގައި ކިޔު ދަމައިލި އެވެ. މިފިލްމުގެ ދަންވަރު ޝޯވތަކެއްވެސް ހައުސްފުލްކޮށް ވަނީ ދައްކައިފަ އެވެ.

މައިވަންތަކަމުގެ ލޯބިން މަހުރޫމުވެފައިވާ ފުރާވަރު އަންހެން ކުއްޖެއްގެ ދިރިއުޅުން ބަދަލުވެގެންދާ ގޮތް ކިޔައިދޭ އަސަރުގަދަ ވާހަކައެއްގެ މައްޗަށް އުފައްދާފައިވާ "ލިލީ" އަކީ އަޒްހާން އިބްރާހިމް ލިޔެ ޑައިރެކްޓު ކޮށްފައިވާ ފިލްމެކެވެ. މިފިލްމުގެ މައިގަނޑު ތަރިންގެ ތެރޭގައި ހިމެނެނީ އައިޝާ އަލީ، އަހުމަދު ޝާރިފް، މުހައްމަދު އިޝްފާންގެ އިތުރުން މަރިޔަމް ޝިމާ އެވެ. މީގެ އިތުރުން އަހުމަދު ނިމާލް، މަރިޔަމް ހަލީމްގެ އިތުރުން އަލީ ފާރޫގުވެސް ފިލްމުން ފެނެ އެވެ. މިހާރު ސިނަމާގައި ދައްކަމުންދާ ޑައިރެކްޓާޒް ކަޓުގައި މަގުބޫލު އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ގެ ސީންއެއްވެސް ވަނީ ހިމަނައިފަ އެވެ.

މިފިލްމަކީ މިއަހަރު އެޅުވި ފިލްމުތަކުގެ ތެރެއިން އެންމެ ގިނަ ބައެއްގެ ސަމާލުކަން ހޯދި ފިލްމެވެ. މިފިލްމު ބެލި އެންމެންވެސް ވަނީ ފިލްމުގެ ތަފާތު ކަމާއި ވާހަކަ ގެނަސްދީފައިވާލެއް އަސަރުގަދަކަން ފާހަގަކޮށްފަ އެވެ. މިފިލްމަށް އަތޮޅު ތެރޭގެ ރަށްތަކުންވެސް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. އެގޮތުން މިހާތަނަށް އައިއިރު 50 އަށްވުރެއް ގިނަ ރަށުގައި މިފިލްމު ވަނީ އަޅުވައިފަ އެވެ.