ޚަބަރު

90ގެ މަޝްހޫރު ފިލްމީތަރި، އަދުރޭއަށް ހާޓްއެޓޭކެއް ޖެހި ފަރުވާދެނީ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

90ގެ އަހަރުތަކުގައި މަޝްހޫރު ފިލްމީތަރި ، ޢަބްދުއްރަޙްމާން (އަދުރޭ)އަށް ހާޓްއެޓޭކެއް ޖެހި އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން އެބަދެއެވެ.

Ads by STELCO

އަދުރޭގެ ދަރިފުޅު، ޝާއިލް "ދެން"އަށް މައުލޫމާތު ދެމުން ބުނީ ބައްޕަ މިހާރު މަސައްކަތް ކުރަމުންދަނީ ރެޑިސަން ބްލޫ ރިސޯޓްގައި ކަމަށާއި އެ ހާދިސާ ހިނގީ އިއްޔެ ހެނދުނު އެ ރިސޯޓްގައި އުޅެނިކޮށް ކަމަށެވެ. އަދި ހުޅުމާލޭ ހޮސްޕިޓަލަށް، ފުރަތަމަ ގެނެސް، މިހާރު އައިޖީއެމް ހޮސްޕިޓަލަށް ބަދަލުކޮށް ފަރުވާ ދެމުންދާކަމަށް އޭނާ ބުންޏެވެ.

58އަަހަރުގެ އަދުރޭއަކީ 90ގެ އަހަރުތަކުގައި ވަރަށް ގިނަ ފިލްމުތަކާއި ލަވަތައް ކުޅެފައިވާ ފަންނާނެކެވެ.

Ads by Ooredoo