ﷲ އަށް ފުރައްސާރަކުރި އިންޑިޔާ މީހާ ދޫކޮށްލައިފި

މަސްތުގެ ހާލުގައި ހުރެ މާތް ﷲ އަށް ފުރައްސާރަކުރި އިންޑިޔާ މީހާ ދޫކޮށްލައިފިއެވެ.
ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައި މަސްތުގެ ހާލުގައި ހުރެ މާލޭ މަގުމަތީގައި މާތްﷲ އަށް ފުރައްސާރަކުރަމުން ދަނިކޮށެވެ.
މަސްތުގެ ހާލުގައި ހުރެ ދީނަށް ފުރައްސާރަކުރި އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ރޭގެ ވަގުތެއްގައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިރޭ ވިދާޅުވީ މަސްތުގެ ހާލަތުގައި މަގުމަތީގައި އުޅުނު ބިދޭސީ މީހާގެ މައްސަލަ ފުލުހުން ދަނީ ބަލަމުން ކަމަށާއި އެމައްސަލަ އާއި ގުޅިގެން ރޭގައި އޭނަ ފުލުހުންގއ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ބަންދާއިމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަަށް ގެންދިޔުމުން ކޯޓުން ވަނީ އޭނާ ދޫކޮށްލާފައި ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
މީގެއިތުރުން ފުލުހުން ވިދާޅުވީ އެމައްސަލައިގައި ބަލަނީ ހަމައެކަނި ދީނަށް ފުރައްސާރަ ކުރުން ނޫންކަމަށާއި އޭނާ މަސްތުގެ ޙާލަތުގައި އާއްމު ތަނެއްގައި ހުރެ ހިނގައިދިޔަ ހުރިހާ ކަމަކަށްވެސް ފުލުހުންގެ ތަހީގީގުގައި ރިޢާޔަތްކޮށް ޖިނާއީ ގޮތުން ބަލަންޖެހޭ އެންމެހާ ކަންކަން ފުލުހުން ބަލަމުން ދާނެ ކަމަށެވެ.
