ދުނިޔެ

އިންޑިޔާގައި ލޮކްޑައުންއަށް އަމަލު ނުކުރާ މީހުންނަށް ދެވޭ އަދަބަކީ މިއީ!

ދެން އެމްވީ ، ދެން އޮންލައިން

އިންޑިޔާގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ލޮކްޑައުން ކޮށްފައިވާ ޤައުމުތަކުގެ ތެރެއިން ލޮކްޑައުންއަށް އަމަލު ނުކުރާ މީހުން އެންމެ ގިނައީ އިންޑިޔާގައެވެ.

Ads by Sosun Fihaara

ފަަހަރެއްގައި އެއީ އިންޑިޔާގައި ލިޔަންކިޔަން ނޭނގޭ މީހުންނާއި އާންމު ހޭލުންތެރިކަން ކުޑަ މީހުންގެ އިންސައްތަ ބޮޑުވުމުން، މިބަލީގެ ބިރުވެރިކަން އެމީހުންގެ ހިތްތަކަށް ވަޒަން ނުކުރެވެނީ ކަމަށްވެދާނެއެވެ. ނުަވަތަ މިދަނޑިވަޅުގައި ލޮކްޑައުންގެ މުހިންމުކަން އެމީހުންގެ ސިކުނޑިތަކަށް ނުވިސްނެނީ ކަމަށްވެދާނެއެވެ. އަދިހަމައެހެންމެ، އެމީހުންގެ ގެތަކުގައި އެމީހުންނަށް ލިބެން ޖެހޭ ރައްކާތެރިކަން ނެތީ ކަމުގައިވެދާނެއެވެ. މިއިން ކޮންމެ ސަބަބަކާ ހުރެނަމަވެސް، ލޮކްޑައުންގައި ބޭރަށް ނިކުތުމުގެ ސަބަބުން ދުވާލަކު އެތައް ލައްކައެއް މީހުންނަށް އިންޑިޔާގައި އަދަބު ދެމުން އެބަދެއެވެ.

އިންޑިޔާގައި ލޮކްޑައުންއަށް އަމަލު ނުކުރާ މީހުންނަށް 2 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް އެޤައުމުގެ ހޯމް އެފެއާޒް މިނިސްޓަރވަނީ ވިދާޅުވެފައެވެ. އަދި އެމެޖެންސީ އެއް ކަމަށް ބުނެ ދޮގު ހަދައިގެން ލޮކްޑައުންގައި ބޭރަށް ނިކުމެ އުޅެނިކޮށް އެއީ ދޮގެއްކަން ހެއްކާއެކު ފަޅާއަރައިފިނަމަ ބޮޑު ޖޫރިމަނާއަކާއެކު 2 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން ދަނޑިބުރީގެ ބޭނުންކޮށް، އާއްމު ރައްޔިތުންގެ ގައިގައި ތެޅުމުގެ ހުއްދަ އެޤައުމުގެ ފުލުހުންނަށް ވަނީ ދީފައެވެ. ނަމަވެސް މިގޮތަށް ޖަހާއިރު، ގިނަ ދުވަހަށް ދެމިގެންދާ ގޮތަށް އަނިޔާ ނުދީ ޖެހޭނެ ގޮތަކަށް ޖެހުމަށް އެޤައުމުގެ ފުލުހުންނަށްވަނީ އިރުޝާދު ދީފައެވެ.

އިންޑިޔާގައި މިހާތަނަށް 10,453 މީހަކު ވަނީ ކޮވިޑް19 އަށް ފައްސިވެފައެވެ. އަދި މިބަލީގައި 358 މީހުންވަނީ މަރުވެފައެވެ. މީގެ ތެރެއިން 38 މީހުން މަރުވެފައިވަނީ އިއްޔެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!