މުނިފޫހިފިލުވުން

ބޮލީވުޑް ތަރިން ކޯވިޑް 19 އަށް ފަންޑު ހޯދަނީ ތަފާތު ގޮތަކަށް

ދެން އެމްވީ ، ދެން އޮންލައިން

ހަލުވިކަމާއިއެކު ފެތުރެމުންދާ ކޯވިޑް 19 ވައިރަސް އިންޑިއާގައި ފެތުރުން ކޮންޓްރޯލު ކުރުމަށްޓަކައި އެގައުމު ވަނީ ލޮކްޑައުން ކޮށްފައެވެ.ކޯވިޑް 19 އާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުޅުވި ފަންޑު ފޮއްޓަށް ފައިސާ ހޯދައިދިނުމަށް ލޮކްޑައުންގައި ތިބި ބޮލީވުޑްގެ ތަރިން މިވަނީ އާ ކަމެއް ފަށާފައެވެ.

Ads by Hajj Corporation

އެގޮތުން، ބޮލީވުޑްގެ ބައެއް ލަވަކިޔުންތެރިންނާއި، ބައެއް އެކްޓަރުން މިވަނީ ގޭގައި ތިބޭ އެމީހުންގެ ސަޕޯޓަރުން މުނި ފޫހިފިލުވައިދިނުމުގެ އިތުރުން ކޯވިޑް 19 އިންޑިއާ ރިލީފް ފަންޑަށް ފައިސާ ހަދިޔާ ކުރުމަށްޓަކައި ލައިވް ކޮންސާޓްތަކެއް ފަށާފައެވެ.

ދާދިފަހުން ވަނީ 18 ލަވަކިޔުންތެރިން ގުޅިގެން ގޭގައި ތިބެގެން ލައިވް ކޮންސާޓެއް ކުރިއަށް ގޮސް، އެ ފަންޑަށް ހަދިޔާ ކުރަން ފައިސާ ހޯދާފައެވެ. އެ ކޮންސާޓްގައި ބައިވެރިވި މަޝްހޫރު ލަވަކިޔުންތެރިންގެ ތެރޭގައި، އަލްކާ ޔާގްނިކް، ސޯނޫ ނިގަމް، ކުމާރު ޝަނޫ، އުދިތު ނާރަޔާން، އާޝާ ބޯސްލޭ، އަދި ސަލީމް މާޗަންޓް ހިމެނެއެވެ. މިމަހުގެ 10 ވަނަ ދުވަހު ފަަށައިގެން ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މި ކޮންސާޓް ހުށަހަޅައިދީފައިވަނީ ބޮލީވުޑްގެ މަޝްހޫރު ބަތަލް އަކްޝޭ ކުމާރެވެ.

93.5 ރެޑް އެފްއެމް އަދި ޓީ ސީރީޒް ގުޅިގެން ކުރިއަށް ގެންދިޔަ ފަންޑް ރެއިސިންގް ކޮންސާޓެއްގައި މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ ނެހާ ކައްކަރު ، އަރުމާން މަލިކް އަދި ހަނީ ސިންގް ފަދަ ތަރިން ވަނީ ބައިވެރިވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!